މެލޭޝިއާގެ ބަޓިކް އެއާ ރާއްޖެއަށް

Batik-Air-Relaunches-Bali-to-Melbourne-Flight-Route.jpg

މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފިކަމަށް އެ އެއާލައިނުން ބުނެފި އެވެ. އެވެ.

ރާއްޖެ އަށް ދަތުރުތައް ފަށާނީ އަންނަ މޭ މަހުގެ 12 ގައި ކަމަށާއި ބަޓިކް އެއާ އިން ރާއްޖެ އަށް ދަތުރުތައް ކުރާނީ އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓްކުރާ ގޮތަށް ކަމަށް އެ އެއާލައިނުން ބުންޏެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737 މެކްސް އަށެއް މަރުކާގެ ބޯޓެވެ.

ބަޓިކް އެއާރ އިން ވަނީ ރާއްޖެއަށް ދަތުރުތައް ކުރުމަށް ބުކިންގއަށް ވެސް ހުޅުވާލައިފައެވެ.

މެލޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށާއިރު މިހާރު ރާއްޖެއާ މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އެއާ އޭޝިއާއިން އެކަންޏެވެ.

ލަޔަން އެއާ ގްރޫޕްގެ ދަށުން ހިންގާ ބަޓިކް އެއާގެ އޮޕަރޭޝަންތައް ފެށީ މީގެ ނުވަ އަހަރު ކުރިން 2013 ގަ އެވެ. މިހާރު 52 މަންޒިލަކަށް އުދުހޭ އެއާލައިންގެ ފްލީޓްގައި 73 ބޯޓް އޮވެ އެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ފަހުން ރާއްޖެ އަށް ދަތުރުތައް ކުރާ އެއާލައިންތައް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައި އޮތުމުން ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ވަރަށް މުހިއްމުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top