ކޮވިޑް އާއި ގުޅިގެން ކުޑަކުރި މުސާރަތައް އިއާދަކުރަން ނިންމަވައިފި.

D-E5ph8XsAEaYze.jpg

ފިނޭންސް މިނިސްޓަރު އަމީރު އަދި ރައީސް ސޯލިހު- ފޮޓޯ : ފިނޭންސް

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ނިންމި ނިންމުން ފިނޭންސް މިނިސްޓްރީން އުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 20،000ރ. އިން މަތިން މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަކޮށްފަ އެވެ. އަދި ރައްޔިތުން މަޖިލީހުން ހުއްދަ ލިބިގެން މިނިވަން މުއްސަސާތަކާއި މަޖިލީހުގެ މެންބަރުން އަދި ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ ވެސް ކުޑަ ކުރި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މުސާރަތަކަށް މި ބަދަލުތައް ގެންނަން ހުއްދަ ދީފައިވަނީ މެއި ޖޫން ޖުލައި މި ތިން މަހަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ މުސާރަތައް އުނިކުރަން ނިންމުމުން ދައުލަތަށް 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެން ދިޔަ ކަމަށެވެ.

މިމަހުން ފެށިގެން އެބޭފުޅުންގެ މުސާރަތައް އިއާދަވި ނަމަވެސް އަދިވެސް ރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވީނަމަވެސް ރާއްޖޭގައި ހުޅުވާފައިވާ މަދު ރިސޯޓްތަކުގެ އޮކިއުޕެންސީ ވެސް ހުރީ %10 ގައެވެ.

ކޮވިޑް-19އާ ގުޅިގެން ޖީޑީޕީ (އުފެއްދުންތެރިން) އެންމެ ބޮޑަށް ވެއްޓުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top