ބޭސްފިހާރަ ތަކަށް ފިޔަވަޅު އަޅަނީ

kihAdU1.jpg

މާލެއާއި އަތޮޅުތެރޭގައި ހިންގާ ބޭސް ފިހާރަތަކުގެ ތެރެއިން އަސާސީ ބޭސް ލިބެން ނުހުންނަ ފިހާރަތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އަސާސީ ބޭހެއް ލިބެން ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅާނެ ކަމަށާއި ހުރިހާ ބޭސްފިހާރަ ތަކުންވެސް މިކަމަށް ސަމާލުވުމަށް އެދެވިގެންވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އަސާސީ ބޭސްތައް މެދުނުކެނޑި ލިބެން ހުންނަން ޖެހޭނެ ކަމަށާއި އެކަން ކަށަވަރު ކުރުމަކީ ބޭސް ވިއްކާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ބޭސް ހުސްވުމުން ބަލި މީހުންނަށް ކުރިމަތިވާ ދަތިތައް ފާހަގަކޮށް، އެކަމާ ހިތާމަ ކުރާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން، އަސާސީ ބޭހުގެ ލިސްޓުގައި ޖުމްލަ 160 ބޭހެއް ހިމަނާފއިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top