ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރަށް އަބަދު ކޮޓަރިކޮޅުގައި ނުއިނދެވޭނެ

viber_image_2020-12-10_21-49-38.jpg

ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު

ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރަށް އަބދު ކޮޓަރިކޮޅުގައި ނުއިނދެވޭނެ ކަމަށާއި މަސް ދޯނި ފަހަރުތަކުގައި ވެސް އުޅޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރަށް ކޮޓަރިކޮޅުގައި އަބަދު ނުއިނދެވޭނެ ކަމަށެވެ. އަދި މަސްވެރިންނާއި އެކު މިނިސްޓަރު ވެސް، މަސްވެރިންގެ އިހުސާސްތައް ދެނެގަނެ ހައްލު ހޯދުމަށް ދޯނިފަހަރުގައި އުޅޭނެ ކަމަށާއި، މަސްވެރިންނަށް އުފާ ފާގަތިކަން ހޯދައިދޭނީ ޕީޕީއެމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު މި ދުވަސްވަރަކީ މަސްވެރިންގެ އެތައް ޝަކުވާއެއް އިންތިހާ އަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން ދާދިފަހުން ފެލިވަރާއި އިހަވަންދޫގައި ވެސް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބޭތީ ގިނަ މަސްވެރިންތަކެއް ވަނީ މުޒާހަރާތައް ކޮށްފައެވެ. މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަހުގެ އަގު ދަށްވުމާއި މަސް ނުކިރޭ މައްސަލަ އެވެ.

ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސްވެރިކަމުގެ ސިނާއަތަށް އޮތް އެންމެ ފައިދާ ބޮޑު ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށެވެ.

އެހެންނަމަވެސް މިވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތުކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި މިވަގުތު އެކަން ކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top