އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ އޮންލައިންކޮށް ލިބޭގޮތް ހަމަޖައްސައިފި

big_MZygaRH5yEohOKO.jpg

އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންއެކޮށް ދައްކާ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް މީރާ އިން ހަމަޖައްސައިފިއެވެ.

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް މިހާރުވަނީ އާ ސްޓިކާއެއް ތައާރަފުކޮށްފައެވެ.

މީރާ އިން ބުނީ، ޖަނަވަރީ އެކަކުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް އެ އޮތޯރިޓީން ސްޓިކާ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް ވެސް ޖަނަވަރީ އެކަކުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އެ ސްޓިކާ ކަމަށް ބުންޏެވެ.

މީރާ އިން ބުނީ، މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީއަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުން އަންނަ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

މީރާއިން ބުނީ އާ އިސްޓިކާ ގައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ކަމަށާއި އޭގެ ސަބަބުން ވެހިކަލް ފީ ދައްކައިފައިވާކަން އިދާރާތަކުން ބަލަން ފަސޭހަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top