ބީއެމްއެލް ބޭންކިން ލޮގިން ފެއިލްވުމުން ނޮޓިފިކޭޝަން ފޮނުވަން ފަށައިފި

bml3-850x548-1.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ޚިދުމަތަށް ލޮގިންވާން މަސައްކަތްކޮށް ލޮގިން ފެއިލްވާ ކޮންމެ ފަހަރަކު އެ އެކައުންޓެއްގެ ވެރިފަރާތުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ނޮޓިފިކޭޝަން ފޮނުވައިދޭން  ފަށައިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ މީގެ ކުރިން ލޮގިން ނޮޓިފިކޭޝަން އަންނާނީ ލޮގިންވެވުމުން، ލޮގިން ވެވިފައިވާކަން އަންގައިދިނުމުގެ ގޮތުން އެކަނި ކަމަށެވެ.

ނަމަވެސް އަލަށް ތައާރަފުކުރި މި ޚިދުމަތާއެކު އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ އެ ޚިދުމަތް މެދުކެނޑޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ ހާލަތެއްގައި ވެސް ނޮޓިފިކޭޝަން އަންނާނީ އެ އެކައުންޓެއްގެ ވެރިފަރާތުގެ ނަމުގައި ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލަށެވެ.

އިންޓަނެޓާއި މޯބައިލް ބޭންކިންއަށް ގިނަ ބަޔަކު ބަރޯސާވާއިރު، ވައްކަންކޮށް ފޭރޭ މީހުން ބޭންކިން ޚިދުމަތުގެ ތެރެއިން ފައިސާ ފޭރުމަށް މަސައްކަތްކުރެއެވެ.

އެކައުންޓުގެ ޔޫސާ ނޭމާއި ޕާސްވޯޑް އަތުޖެހުމުން ނުވަތަ އެ މީހެއްގެ މެއިލްގެ ޕާސްވޯޑް އެނގޭ ހާލަތެއްގައި އެކައުންޓު ހެކްކޮށް ފައިސާ ފޭރުން ފަދަ ކުށްތަކަށް މަގުފަހިވެއެވެ.

އެހެންކަމުން އިންޓަނެޓާއި މޮބައިލް ބޭންކިން ޔޫސާނޭމާއި ޕާސްވޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް، ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

އެއާއެކު ސެކިއުރިޓީ ފީޗާތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅައި އިތުރު ފިޔަވަޅުތައް ކުރިއަށް ހުރި ދުވަސްތަކުގައި ތައާރަފް ކުރާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top