ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓީނު ވާން މަޖްބޫރު.

DSCN3302.jpg

ރާއްޖޭން ބޭރުން މާލެ އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހު ކަރަންޓީން ވުން މަޖުބޫރުވާން ޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލު ބަދަލުކޮށްފިއެވެ.

މީގެ ކުރިން އެޗްޕީއޭ އިން ބުނެފައިވަނީ އާ އާންމު ހާލަތާއި އެކު ރާއްޖޭގެ ބޯޑަރު ހުޅުވައި، ބޭރުން އަންނަ ދިވެހީންނާއި މަސައްކަތު މީހުން އެކަހެރިވެ ތިބުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރުން މުހިންމު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެޗްޕީއޭއިން ވަނީ އެފަދަ ފަރާތްތަކުން ކަރަންޓީނުގައި ތިބުން މަޖުބޫރުވާ ގޮތަށް އުސޫލުތައް ބަދަލުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުން އައިސް މާލޭގައި ތިބޭ ދިވެހިންނާއި މަސައްކަތް ކުރަން އަންނަ މީހުންނާއި އެ މީހާގެ އާއިލާ މީހުން ވެސް ކަރަންޓީން ވާން ޖެހޭނެއެވެ.

އެފަދަ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ހޭދަކުރަން ޖެހޭ އަމިއްލައަށް ކަނޑައަޅާތަނެއްގައި ކަމަށާއި އެފަދަ ފަރާތްތަކަށް ބޭރަށް ނުކުތުމުގެ ހުއްދަ ދެވޭނީ ހަމަ އެކަނި ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ ނައްސިވުމުން ކަމަށް އެ އުސޫލުގައި ވެއެވެ.

މި އުސޫލުގައި ބުނާ ގޮތުން، ކޮވިޑާ ގުޅިގެން ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި ގެއަށް މީހުން ވަނުމާއި ގޭގައި ދިރިއުޅޭ އެއްވެސް މީހަކު ނުކުތުމަކީ ވެސް މަނާ ކަމަކެވެ. ނަމަވެސް ހާއްސަ ހާލަތެއް ދިމާވެގެން ނުކުންނަން ޖެހޭ މީހުންނަށް ނުކުމެވޭނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާއްސަ ފިޔަވަޅުތަކަކާއެކު އެކަމަށް ހުއްދަ ލިިބިގެން ކަމަށް އުސޫލުގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top