ފާމަސިސްޓަކަށް ވާހިތް ވޭތަ؟ މިއޮތީ ފުރުސަތު.

146868_15124517295df8b72d1bd7c_big.jpg

ފާމަސިސްޓަކަށް ވާން ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ މިއޮތީ ރަނގަޅު ފުރުސަތެކެވެ. އެސްޓީއޯ އިން ފާމަސިސްޓުން އުފެއްދުމުގެ ބޭނުމުގައި އެކުންފުނީގެ ފަރާތުން ހާއްސަ ސްކޮލަޝިޕެއް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ހުޅުވާލާ މި ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންގެ ކޯސް ފީއާއި ލިވިން އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސްކޮލާޝިޕްއަށް ހުޅުވާލާފައިވާ ކޯހަކީ “އެޑްވާންސް ސެޓްފިކެޓް އން ފާމަސީ ކޯސް – ލެވެލް 4” ކަމަށެވެ. އަދި މި ކޯސްތައް ކުރިއަށް ދާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސް އިންސްޓިޓިއުޝަންގެ މާލޭގައި ހުންނަ ކެމްޕަސްގައެވެ.

އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ އެއް އަހަރުގެ މުއްދަތަށް ހިންގާ ކޯހެކެވެ. މި ކޯހަށް އެޕްލައި ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 4ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެސްޓީއޯއިން ބުނެެއެވެ.

މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން 2 ފާސް ލިބުމެވެ. އެގޮތުން ބައޮލޮޖީއާއި އިނގިރޭސި މާއްދާއިން ފާސްވެފައި ވުމުގެ އިތުރުން ފާމަސީ ކޯހުގެ ސެޓްފިކެޓް 3 ފުރިހަމަ ކޮށްފައިވުންވެސް ހިމެނެއެވެ.

ހަމައެއާއެކު މި ސްކޮލާޝިޕް ފުރިހަމަ ކުރާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު އެސްޓީއޯގެ ފާމަސީއެއްގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މި ލިންކަށް ވަދެ، ކޯހުގެ ފޯމް ހުށަހެޅުމަށް އެސްޓީއޯއިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top