ބިދޭސީން ބާލަން އަމުރު ނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ނުބަލަން ނިންމައިފި

img_md_202007041231331593847893.2819.jpeg

ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރެއިން --ފޮޓޯ :ވަގުތު

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި ތިބި ބިދޭސީން ބާލަން އަމުރު ނެރުނު ބ.ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފްގެ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި، ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސޮއިކުރައްވައި ނެރުއްވާފައިވާ ވަގުތީ އަމުރެއްގައި ވަނީ ސީލް މޯލްޑިވްސް އާއި ރިޒް ކުންފުންޏާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރިޒް ކުންފުނީގެ މުއައްޒަފުން ސީލް އިން މަސައްކަތް ކުރުވުމަށް ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މި މުވައްޒަފުން ރަށުން ބޭރުވުމަށް ރިޒް ކުންފުންޏަށް އެންގުމުގެ ބާރު، އެއްބަސްވުމުގެ 6.2 ވަނަ މާއްދާގެ ދަށުން ސީލް މޯލްޑިވްސްއަށް ލިބިގެންވާ ކަމަށް އަމުރުގައިވެއެވެ.

އެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ރިޒް ކުންފުނީގެ ފަރާތުން ކަމަށްވާއިރު، ޖޭއެސްސީން ބުނީ ދަރަވަންދޫ ކޯޓުގައި ހިނގަމުންދާ ގަޒިއްޔާއަކާ ގުޅުން ހުރި ކަންތައްތަކެއްގެ ސަބަބުން ރިޒްގެ ގާނޫނީ ވަކީލަކު ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް ފާހަގަނުވާތީ އެ މައްސަލަ ނުބެލުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ފަނޑިޔާރަކު އަމަލުކޮށްފިކަމުގައި ފެންނަ ފަރާތަކަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި އެ މައްސަލަތައް ބެލުމާ މެދު ގޮތް ނިންމުމުގެ މަސައްކަތް ކޮމިޝަނުގެ ގާނޫނުގައި އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން އުސޫލުތަކާ އެއްގޮތަށް ކުރަމުންދާނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top