”ރަހުނު ކޮށްފައި އޮތީ ދިވެހިރާއްޖޭގެ މިނިވަންކަން“

3t1YStNBjDHfNuYtkHYC5tuTYQrXiUZyteKUmqpG.jpeg

ރާއްޖޭގެ މިނިވަންކަން ރަހުނުކޮށްފައިވާ ކަމަށް ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން މިއަދު ކޮށްފައިވާ ޓްވިޓެއްގައި އަލީ ވިދާޅުވީ މިއީ ވަށާޖެހޭ ދަރަނީގެ ދުނިޔެ ކަމަށާއި ދަރަނި ދައްކަން ވެސް ނަގަނީ ދަރަނި ކަމަށެވެ. އަދި އެ ދަރަނި ދައްކަން ޓީ ބީލް އަދި ޓީ ބިލަށް ފައިސާ ދައްކަން އަނެއްކާވެސް ނަގަނީ ދަރަނި ކަމަށް އަލީ ވިދާޅުވި އެވެ.

“ރަހުނުކޮށްފައި އޮތީ ދިވެހިރާއްޖޭގެ މިނިވަންކަން” އަލީ ވިދާޅުވި އެވެ.

މިއީ ސްޓޭޓް ބޭންކް އޮފް އިންޑާ (އެސްބީއައި) މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެކެވެ. އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ލޯނު ރަމްޒީގޮތުން ރާއްޖެއާ ޙަވާލުކުރީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވިއެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން މާބޮޑަށް އިންޑިއާއަށް ބަރޯސާވުމާއި، ރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލް އިންޑިއާއަށް ލިބޭ މިންވަރަށް އިންޑިއާގެ ލޯނަށް ބަރޯސާވެފައިވާކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކާއި މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top