ސަލްސާ ރިޓްރީޓް ހުޅުވައިފި

ސަލަސަަ.jpg

ސަލްސާރިޓްރީޓް - ފޮޓޯ :އީވީ

ވަރަށް ގިނަ ބައެއްގެ އިންތިޒާރަށް ނިމުން އައީއެވެ. އޭދަފުށީގައި ވީއައިޕީ ފެންވަރާ ހަމައަށް ޚިދުމަތް ދޭ “ސަލްސާ ރިޓްރީޓް ” މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގެ ގޯތިތެރޭގައި ހުންނަ މި ރެސްޓޯރެންޓް ހުޅުވުމާއެކު މި ތަނުން ތަފާތު ބާވަތްތަކުގެ ކެއުމާ ސައިގެ އިތުރުން ޕާޓީތަކަށް ކޭޓަރ ކޮށްދިނުމާއި ޕާޓީތައް ބާއްވައިދިނުންފަދަ ޚިދުމަތްތައްވެސް ދެމުން ގެންދާނެކަމަށް ސަލްސާގެ އޯނަރ އިބްރާހީމް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރަމަޟާން މަހުގެ ރޯދަވީއްލުމަށް ޚާއްސަ މެނޫއަކާއި އެކު ސަލްސާގެ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލާފަރާތްތަކަށް ބޮޑެތި އިނާމުތަކެއްލިބޭ ލަކީޑްރޯ އެއްގައިވެސް ބައިވެރިވެވޭ ގޮތަށް ހަމޖެހިފައިވާ ކަމުގައެވެ.

“ސަލްސާގެ ކޮންމެ ރެސްޓޯރެންޓަކުން ރޯދަ ވީއްލިނަމަވެސް މި ލަކީޑްރޯ ގައި ބައިވެރިވެވޭނެ.  ކޫޕަން ފުރުއްވުމަށް ފަހު އެތަނުގައި ބަހައްޓާފައި ހުންނަ ފޮށްޓަށް ވައްޓާލެއްވުމުން ލަކީ ޑްރޯގައި އެ ބައިވެރި ވެވުނީ. “އާމިރު ތަފްސީލްކޮށްދެއްވިއެވެ.

ލަކީޑްރޯ ގެ ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް އިނާމު ކަނޑައަޅާފައިވަނީ މޯލްޑިވިއަންގެ ފަރާތުން ޗެންނާއީ ދެކޮޅުޓިކެޓާއި މުނިހޯމްކެއަރގެ ފަރާތުން ހުށަހަޅާފައިވާ ބެޑްރޫމްސެޓަކާއި އެލް މޯބައިލްގެ ފަރާތުން 50 އިންޗީގެ ޓީވީއަކާއި އޮޅުވެލި ރިސޯޓުގެ ފަރާތުން އެރިސޯޓުގައި ދެ ރޭ ހުރުމާއި އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓަރަކާއެކު ޓީވީއެކެވެ.

އާމިރު ވިދާޅުވީ ސަލްސާ ރިޓްރީޓުން ރޯދަ ވީއްލުމުގެ ޝައުގުވެރިކަން މިހާރުވެސް ކައިރި ރިސޯޓުތަކުން ފާޅު ކޮށްފައިވާ ކަމުގައެވެ. އެގޮތުން ސޮނޭވާ އާއި ރޯޔަލް އައިލެންޑް އަދި ޑުސިތް ތާނީ ފާހަގަ ކުރެއްވިއެވެ.

ރޯދަ ވީއްލުމުގެ ޑިމާންޑް ބޮޑުވެ އޯވަރބުކް ވެއްޖެނަމަ ހަދާނެ ގޮތްވެސް އާމިރު ވިދާޅުވެދެއްވިއެވެ. “އެހެން ވެއްޖެނަމަ މަލްޓި ޕާޕަސް ހޯލްގައިވެސް ޚިދުމަތް ދެވޭނެ ”

ރެސްޓޯރެންޓް ހުޅުވުމާއެކު 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ސައި މުޅިން ހިލޭ ލިބޭނެކަމަށް މިއަދުވެސް އާމިރު ތަކުރާރު ކުރެއްވިއެވެ.

ސަލްސާ ރިޓްރީޓް ހުޅުވާފައިވަނީ 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފެންވަރުގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށެވެ. އެ ރެސްޓޯރަންޓްގައި ދަތިކަމެއް ނެތި އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭނެ ކަމުގައި އާމިރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top