ޕޮމްޕޭގެ ނިމުން- ފާޅުވެ ފެންނަންހުރި މިސާލެއް

ancient-pompeii-pompeii-785x400.jpg

ކީރިތި ޤުރުއާނުގެ އަންނަނި އާޔަތުގައި މާތްﷲ ވަނީ އެކަލާނގެ ޤާނޫނަށް ބަދަލެއް ނާންނާނެކަން އަންގަވާފައެވެ.

އެއީ ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަޙުލުވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ އިސްވެދިޔަ މީހުންނާމެދު، ﷲ ކަންހިންގެވިގޮތަށް މެނުވީ އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ﷲ، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި ﷲ، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. (فَاطِر 42-43)

އާނއެކެވެ. މާތްﷲ ގެ ޤާނޫނަކަށް ބަދަލެއް ނާންނާނެއެވެ. އެކަލާންގެ ޤާނޫނާއި ޚިލާފުވެ އެކަލާންގެ އަމުރުފުޅުތަކާ ޚިލާފުވާ ފަރާތްތަކަށް އެކަލާންގެ އިލާހީ ޤާނޫނުގައިވާ ގޮތުގެމަތިން ހައްޤު އަދަބު ލިބިގެންދާނެއެވެ. ރޫމީންގެ ތަހުޒީބާއި ތަމައްދުންގެ މިސާލެއްކަމުގައިވި ޕޮމްޕޭގެ އަޙުލުވެރިންވެސް ޖިންސީ އެދުންތައް ފުއްދުމުގައި ހައްދުފަހަނައަޅާދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެމީހުންގެ ނިމުންވެސް ލޫޠުގެފާނުގެ ޤައުމުގެ މީހުންފަދައިން ނިމިގެން ދިޔުމެވެ.
ޕޮމްޕޭގެ ނިމުންއައިސްފައިވަނީ ވެސޫވިއަސް އަލިފާންފަރުބަދަ ގޮވުމުގެ ސަބަބުންނެވެ.

Vesuvis

ވެސޫވިއަސް އަލިފާން ފަރުބަދައަކީ އިޓަލީގެ ރަމްޒެކެވެ. ޚާއްޞަގޮތެއްގައި ނެޕްލެސް ސިޓީގެ ފާހަގަކުރެވޭ ތަނެއްކަމުގައި އެ ފަރުބަދަ ވެގެން ގޮސްފައިވެއެވެ. ވޭތުވެދިޔަ ދެ ސާސްކަފުގެ ތެރޭގައި އެއްވެސް ޙާދިސާއެއް ހިނގާފައިނުވާ މި ފަރުބަދައަކީ އިންޒާރުގެ ފަރުބަދަކަމުގައި ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ސަދޫމާއި ގުމުއްރާޙް ހަލާކުވެގެން ނެތިވެގެން ގޮސްފައިވާގޮތާއި ޕްމެޕޭ ހަލާކުވެގެން ނެތިދިޔަގޮތާއި އެއްވެސް ތަފާތެއް ނެތެވެ.
ވެސޫވިއަސް ފަރުބަދައިގެ ކަނާތްފަރާތުގައިވަނީ ނެޕްލަސްއެވެ. އަދި އެފަރުބަދައިގެ އިރުމަތީފަރާތުގައިވަނީ ޕޮމްޕޭއެވެ. މީގެ އެތައްހާސް އަހަރެއްކުރިން އެފަރުބަދަ ގޮވާ އޭގެން ފޭބި އަލިފާނާއި އަޅިން މި ރަށުގެ އަހުލުވެރިން ހަލާކުކުރައްވާ ނެތިކުރެއްވިއެވެ. މި ހާދިސާ ހިނގާފައިވަނީ ވަރަށް ކުއްލިގޮތެއްގައި ކަމުން އެރަށުގެ އަހުލުވެރިން ފަނާކުރައްވާފައިވަނީ އެބައިމީހުން އެބައިމީހުންގެ ދުވަހުގެ އާންމު ދިރިއުޅުމުގައި އަވަދިނެތި އުޅެނިކޮށެވެ. އެހެންކަމުން އެތަނުގެ އަސާރުތަކާއި މީހުންގެ ހާލަތު ވަރަށްރަނގަޅަށް ގަނޑުވެ ހުއްޓިފައިވާ ފަދައިން މިއަދުވެސް ފެންނާން އެބަހުއްޓެވެ.

p016w9jx

ދުނިޔޭގެ މޫނުމަތިން ޕޮމްޕޭފަދަ ރަށެއް ގެއްލި ފޮހެވިގެން ދިޔަ ދިޔުމަކީ ސަބަބެއްނެތި ކުރިމަތިވެގެންދިޔަ ކަމެއްނޫނެވެ. ތާރީޚީ ލިޔުންތަކުން އެނގި ސާބިތުވާގޮތުގައި އެރަށަކީ ނާޗަރަންގީއާއި މަސްތުވުންފަދަ އާދަތަކުގެ މަރުކަޒެކެވެ. ހައްޤުގެ މަގުން އެއްކިބާވެ ޖާހިލުކަމުގެ މަގުގައި ކުރިއަރާގޮޮސްފައިވާ ބައެއް ދިރިއުޅުނު ރަށެކެވެ. އެގޮތުން އެރަށް ފާހަގަވެގެންގޮސްފައިވަނީ ޒިނޭކުރުމާއި ލިވާޠުކުރުން ހައްދުންނެއްޓިފައިވީ ރަށެއްކަމުގައެވެ. އެރަށުގައި ޤާއިމްކޮށްފައިވާ މިފަދަ ނާސިގެތަކުގެ ޢަދަދު އަންދާޒާ ކޮށްލަންވެސް ނޭންގެއެވެ.

މިހުރިހާކަމެއްގައި ކުރިއަރާ ދުނިޔޭގެ ނާޗަރަންގީއާއި މަޖަލުގެ މަރުކަޒު ވެސޫވިއަސް ފަރުބަދައިން ފޭބި އަލިފާނުގެ ސަބަބުން ދުނިޔޭގެ ޗާޓުން ފޮހެވިގެން ދިޔައީ ކުޑަ ހިންދުކޮޅެއްގެ ތެރޭގައެވެ. އެރަށުގެ އަހުލުވެރިންނަށް ކުރަންތިބިކަމެއް ހުއްޓާލާނޭ ފުރުޞަތުވެސް ނުލިބިއެވެ. މިގޮތުން ފާހަގަކޮށްލަންޖެހޭ ކަމަކީ އަލިފާން ފަރުބަދަ ގޮވުމުގެ ސަކަރާތުގެ ތެރެއިންވެސް މިހާދިސާގައި އެރަށުގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސް އެ ބިރުވެރިކަމުން ސަލާމަތްކަން ލިބިފައިނުވާކަމެވެ.

Pompeii-H

އެހެނީ އަލިފާންފަރުބަދަ ގޮވުމުގެ ކުރިން ހިނގާދިޔަ ކަންތައްތައް ދުނިޔަވީ އުފާތަކުގައި މަޝްޢޫލުވެފައިވާލެއް ބޮޑުކަމުން އެބައިމީހުންނަށް އިޙްސާސްވެސް ކޮށްނުލެވުނުކަމެވެ. ކާތަކެތީގެ ސުފުރާއަކަށް އިންސާފުކުރަމުންދިޔަ އާއިލާއެއް ހަމައެގޮތުގައި އަޅިއަށްވެފައި ތިއްބެވެ. ޒިނާކުރާންތިބި އެތައްބައެއް ޖިމަޢުވާހާލުގައި ހަރަކާތްހުއްޓިފައި ތިއްބެވެ. މިގޮތުން އެއްޖިންސުން ގުޅުންހިންގަމުންދިޔަ މީހުންނާއި ޒިނޭކުރުމުގައި ތިބި ޅަފުރައިގެ ކުޑަ އަންހެންކުދިންނާއި ފިރިހެންކުދިންވެސް އެބައިމީހުން ކުރަމުންދިޔަ ފާހިޝް ޢަމަލުގައި އެތިބަގޮތައް ތިއްބެވެ. އަދި މިރަށުން ފެނުނު ބައެއް މޫނުތަކަށް ހަލާކުނުވެ އެތިބަގޮތައް ތިބުމުގެ ސަބަބުން އެވަގުތު އެމީހުންތިބި ހާލަތާއި އެމީހުންގެ އިޙްސާސްތައް އެބައިމީހުންގެ މޫނުމަތިން ފާޅުވާން ހުއްޓެވެ.

މި ހުރިހާ ކަމެއް ހިނގާދިޔައިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މިހާބޮޑު ހާދިސާއެއް ހިނގާ ދިޔައިރު އަދި އެތައްހާސްބައެއް އެތިބަގޮތައް މަރަށް ހާޟިރުވެފައިވާއިރު އެ ކަންތައްތަކުގެ އަޑުނީވި ނުވަތަ އެކަންތައްތައް ކުރިމަތިވާކަން ނުފެނި ފިލަންނުގޮސް އެތިބަގޮތައް ތިބީ ކީއްވެގެން ބާވައެވެ؟
މި ހާދިސާ ހިނގާ ދިޔަގޮތައް ބަލާއިރު ޤުރުއާނުގައި މާތްﷲ ސުބުޙާނަހޫވަތަޢާލާ ބަޔާންކުރައްވާފައިވާ ޤައުމުތައް ހަލާކުވެގެން ގޮސްފައިވާ ގޮތާއި މުޅިން އެއްގޮތެވެ. އެހެނީ އެރައްތައް ހަލާކުވެގެންދިޔަ ގޮތް ބަޔާންކުރައްވާ އެކަން ކުރިމަތިވީ ކުއްލިއަކަށް ކަމުގައި އަންގަވާފައިވާތީއެވެ.

މިސާލެއްގެގޮތުން ޔާސީން ސޫރަތުގައި ނަންގަނެވިގެންވާ “ރައްތަކުގައި އާބަދުވެ އުޅުނުމީހުން” މަރުވެގޮސްފައިނީ އެންމެ އެކުއެކީ އެއްފަހަރާކަމަށް އަންގަވާފައިވެއެވެ. ޤުރުއާނުގައި އެހާދިސާ ސިދަކޮށްދެއްވާފައިވަނީ މިފަދައިންނެވެ.

“އެއުރެންގެ އުޤޫބާތަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.” (سورة یسٓ 26)

A visitor watches a mummy in Pompeii, the famous city next to Naples which was destroyed in AD 79 by the eruption of Mount Vesuvius July 17, 2008. Nearly 2,000 years after it was buried under a volcanic eruption, the ancient Roman town of Pompeii is being steadily ruined by the modern world. Decades of neglect, millions of trampling visitors and the ravages of sunlight and rain are threatening to wipe out for good one of the world's most famous archaeological sites and Italy's top tourist attraction. Archaeologists and art historians have long complained about the poor upkeep of the Pompeii treasures, warning that its fading frescoes, leaky roofs and crumbling walls would not survive the test of time. Picture taken July 17, 2008. To match feature ITALY-POMPEII/ REUTERS/Giampiero Sposito (ITALY)
“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތައް ފަދައިން އެއުރެންވޫއެވެ.” (سورة القَمَر 31)

ޕޮމްޕޭގެ އަހުލުވެރިން ހަލާކުކުރެއްވީވެސް އިސްވެދިޔަ އާޔަތުގައިވާ ފަދައިން ހަމަ ކުއްލިއަކަށެވެ.
ޕޮމްޕޭގެ ކެޕްރީ އައިލެންޑްއަކީ އެއްޖިންސުން ގުޅުން ހިންގުމާއި އޮރިޔާން ނިވާނުކުރުމުގެ ސުވަރުގޭގެ ގޮތުގައި ފަތުރުވެރިންނަށް އިޝްތިހާރުކޮށްފައިވާ ތަނެކެވެ. ނަމަވެސް މިއަދު ހަމައެކަނި ކެޕްރިއެއް ނޫނެވެ. ނުވަތަ އިޓަލީވިލާތެއްވެސް ނޫނެވެ. އޭގެ ބަދަލުގައި މުޅި ދުނިޔޭގައިވެސް ވަނީ މިފަދަ ފާހިޝް ޢަމަލުތައް ފެތުރި އާންމު ވެފައެވެ. ކުރީގެ ޖާހިލު އުންމަތްތައް ހަލާކުވެ ނެތިދިޔަގޮތުގެ ހަނދާނެއް މިއަދު އެއްވެސް މީހަކު ނެތްކަހަލައެވެ. އެ ހާދިސާތަކުން އިބްރަތް ލިބިގަންނާނެ ބަޔަކުވެސް މިއަދު މި ދުނިޔޭގައި ނެތްކަހަލައެވެ.

މަސްދަރު: ދަހަނާ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top