ކެންދޫ ފަޅުތެރޭގައި އޮއްވާ ރޯވި ބޯޓު ކަމަދޫ ފަރުމަތީގައި

efertfe.jpg

ތެޔޮ ބަރުކޮށްގެން މިދިޔަ ހުކުރު ދުވަހު ކެންދޫ ފަޅުތެރޭގައި އޮއްވާ ރޯވި ބޯޓު މިހާރު އޮތީ ކަމަދޫ ފަޜަށް އަރާފައިކަމަށް ކަމަދޫ ކައުންސިލުން ބުނެފިއެވެ.

ކަމަދޫ ކައުންސިލުގެ ނައިބުރައީސް އަހުމަދު ސާޖިދު ވިދާޅުވި ގޮތުގައި އެބޯޓުން ތެޔޮ ލީކު ވަމުން ދާތީ މުޅި ރަށު ތެރެއަށް އޭގެ ވަސް ފެތުރި ސްކޫލުގެ ކިޔެވުންވެސް މެދު ކަނޑާލައި ދަރިވަރުން ގެއަށް ފޮނުވާލަން ޖެހުނު ކަމަށެވެ. އަދި ތެލުގެ ވަސް ފެތުރެމުން ދާތީ މީހުންނަށްވެސް އެކަމުގެ އުނަދަގޫވެގެން ކައުންސިލަށް ޝަކުވާ ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ބޯޓް ފަރުމައްޗަށް އަރާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އޭގެ ފަހުން ފަޅުތެރެއަށް ވެސް ވަނީ ތެޔޮ ފެތުރިފަ އެވެ.

“ފަރަށް ލިބިފައިވާ ގެއްލުން ބަލަން ތައްޔާރު ވަމުން މިދަނީ،” ކައުންސިލްގެ ނައިބު ރައީސް ސާޖިދު ވިދާޅުވި އެވެ.

އަލިފާން ރޯވި އިރު އެ ބޯޓުގައި ހުރީ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލެވެ އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ ރޯވުމުގެ ކުރިން ފީފާތަކަށް އެޅި 1400 ލީޓަރުގެ ޑީސަލް އެކަންޏެވެ. އެހެން ކަމުން ބޯޓް އަޑިއަށް ދިޔައީ، 28.200 ލިޓަރުގެ ތެލާ އެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top