އެކުވެރިންނާ ރުޅިވެގެން އުޅުމަށް ވުރެ ސުލްހަވެގެން އުޅުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ- ކެޓްރީނާ

697299-katrina-alia-ranbir.jpg

އެކުވެރިންނާ ރުޅިވެގެން އުޅުމަށްވުރެ އެމީހުންނާ ސުލްހަވެގެން އުޅުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ ކަމަށް ބޮލިޥުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާ މިމޭރުމުން ވާހަކަ ދައްކާފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު، އާލިޔާ ބަޓް އާ ރައްޓެހިވެގެން އުޅޭތީ އެކަމާ އާލިޔާ ދެކެ ރުޅިއަންނަ ކަމަށް މީޑިއާތަކުން ފާހަގަކުރާތީ އެކަމަށް ރައްދު ދެމުންނެވެ. އާލިޔާ އާއި ކެޓްރީނާއަކީ ކުރިންވެސް ގާތް ރައްޓެހިންނެވެ.

އުމުރުން 36 އަހަރުގެ ކެޓްރީނާ ބުނީ މިހާރު އާލިއާ އާއި ރަންބީރަކީ ވެސް އޭނާގެ ރައްޓެހިން ކަމަށެވެ. އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ބޭނުންވާ ނަމަ އެއްވެސް މީހަކާ މެދު ރުޅިވެރިކަމެއް ބާއްވައިގެން ނުވާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ކެޓުރީނާ އާއި ރަންބީރު ރައްޓެހި ވެގެން ދެމީހުން އެކުގައި ހަ އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވެއެވެ. މިމުއްދަތު ގެ ބޮޑު ބައެއް ގައި ދެމީހުން ދިރިއުޅެފައިވަނީ ވެސް އެއް ގެއެއްގައެވެ.

އޭގެ ފަހުން ރަންބީރު ރައްޓެހިވެގެން އުޅެމުން އަންނަނީ އާލިއާ އާ އެކުގައެވެ.

މި ދެމީހުންގެ ކައިވެނި މިއަހަރުތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ކަށަވަރުކޮށް ދީފައި ވިޔަސް ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވުމާގުޅިގެން ކައިވެނި ވަނީ އަންނަ އަހަރަށް ލަސްކޮށްފައިކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކެޓްރީނާ ގެ ފަހުފިލްމް “ސޫރިޔަވަންޝީ”ގެ ޝޫޓިންގ މިހާރުވަނީ ނިމިފައެވެ. ފިލްމު ރިލީޒް ނުކުރެވި އޮތީ ކޮރޯނާގެ ހާލަތު ގޯސްވެ އިންޑިއާ ލޮކްޑައުން އަށް ދިއުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top