400 ބައިވެރިންނާއެކު ފޭލި ގުރުއާން މުބާރާތް ފަށައިފި

19146012_1413232235432988_6732152048839436540_n.jpg

ފޭލި ގުރުއާން މުބާރާތުގައި ރޭ ބައިވެރިއަކު ކިޔަވަނީ. މިމުބާރާތުގައި ހަތަރުސަތޭކައަށްވުރެ ގިނަ ބައިވެރިން ބައިވެރިވި / ފޮޓޯ: ފޭލި

އާންމުކޮށް ހުޅުވާލައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމްއިއްޔާ) އިން ބާއްވާ 15 ވަނަ ގުރުއާން މުބާރާތް ފަށައިފިއެވެ.

އޭދަފުށީގައި ބާއްވާ މިމުބާރާތުގެ ކިޔެވުން ރޭ ފެށުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ކީރިތި ގުރުއާނަށް އޭދަފުށީގެ ރައްޔިތުން ލޯބި ޖައްސައި، ގުރުއާނަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގްސަދުގައި މީގެ ފަނަރަ އަހަރުކުރިން ފެށި މިމުބާރާތަކީ އޭދަފުށީގައި އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އަދި ކޮންމެ ބައިވެރިއަކަށް އިނާމް ލިބޭ މުބާރާތެކެވެ.

ފޭލި ޖަމްއިއްޔާގެ ނާއިބްރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އަހަރުން އަހަރަށް މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ އަދަދަށް އެކަނި ބެލިކަމުގައިވިޔަސް މިމުބާރާތް ކާމިޔާބުވަމުންދާކަމުގެ އުފާވެރި އިހްސާސް ކުރެވޭ ކަމަށާ، މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުންދާކަން މިކަމުން ދޭހަކޮށްދޭކަމަށެވެ.

“އަޅުގަނޑުމެން މިކަން ފެށީ ވަރަށް މާތް މަގުސަދެއްގައި. އެމަގްސަދު ހާސިލްވަމުންދާކަމުގެ އިހްސާސް މިއަދު ކުރެވޭ. އެގޮތުން މިއަހަރު ހަތަރުސަތޭކައަށްވުރެ ގިނަކުދިން ބައިވެރިވޭ. ފެންވަރު މަތިކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ އެހެން މުބާރާތްތަކާ ހިލާފަށް މިމުބާރާތަށް ގެންނަ ޖަޖުންނާ ހަމައިން ފެށިގެން އިނާމާ ހަމައަށް ބެލިޔަސް ތަފާތެއް ފެންނާނެ. އެފެންވަރުގައި އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން” ރަޝީދު ވިދާޅުވިއެވެ.

ފޭލިން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މުބާރާތުގެ ކިޔެވުން ކުރިޔަށް ދާނެކަމަށާ، ނަތީޖާ ފާޅުކުރުން އޮންނާނީ މިމަހުގެ 24 ވަނަދުވަހުގެރޭ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top