ބ. ކެންދޫގައި ފެނަކައިން އިމާރާތް ކުރަމުން އަންނަ އާ އިންޖީނުގެއާއި އޮފީސް އިމާތާރުގެ މަސައްކަތް ނިމުމަކާ ގާތަށް އަތުވެއްޖެ ކަމަށް ފެނަކައިން ބުނެފި އެވެ.
ކަރަންޓުގެ ޚިދުމަތް ފުޅާ ކުރުމަށާއި ފެނަކައިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކުރިއަށް ދާ މި މަޝްރޫއުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ފެނަކައިން ބުނީ މިހާރު ކުރިއަށް ދަނީ އޮފީސް އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތްކަމަށާއި ސީލިންގގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ.
އާ އިންޖީނުގޭގައި މިހާރު ކުރިއަށް ދަނީ މައި ތާނގީ ބެހެއްޓުމުގެ މަސައްކަތްކަމަށްވެސް ފެނަކައިން ބުނެއެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަސް އަމާޒުކޮށްފައިވާ މި މަޝްރޫއު ނިމުމުން، މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.