އިތުރު ސަރަހައްދުތައް އަންނަ އަހަރު މެނޭޖްކުރެވޭނެ : ބަޔޮސްފިޔަރ ރިޒަރވް އޮފީސް

mass_manta_feeding_hanifaru_bay_mpa.jpg

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން މެނޭޖްމަންޓް ޕްލޭން ނުހަދާ ހުރި ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމަށް ބޭނުންވާ ޕްލޭންތައް ހެދުމަށްފަހު އަންނަ އަހަރު އަމަލުކުރަން ފަށާނެކަމުގައި ބ.އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީހުން ބުނެފިއެވެ. ޕީއެސްއެމް އަށް މިކަމާ ގުޅޭ މައުލޫމާތު ދެމުން އެއޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީއަލީ ވިދާޅުވީ  ޕްލޭން ހަދާ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކަމުގައެވެ.

މެނޭޖްމަންޓް ޕްލޭންގެ ދަށުން މިހާރު ބ. އަތޮޅުގައި ބަލަހައްޓަމުން ގެންދަނީ ހަމަ އެކަނި ހަނިފަރު ސަރަހައްދެވެ.

ބ.އަތޮޅުގެ 10 ސަރަހައްދު ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައި ވެއެވެ. 2011ވަނަ އަހަރު ކަނޑައަޅާފައިވާ މިސަރަހައްދު ތަކަކީ އޮޅަގިރި، ދިގަލިހާ، މެންދޫ ރީޖަން، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ ރީޖަން، އަދި ގޮއިދޫ ރީޖަން އެވެ.

ބަޔޮސްފިޔަރ ރިޒާވް އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު 2100 މީހުން ، 2015 ވަނަ އަހަރު 3700 މީހުން ހަނިފަރު ސަަރަޙައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ނިމޭއިރު މިއަދަދު 4000 އަރާނެ ކަމަށް އެއޮފީހުން ލަފާކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top