ފްރެންޑްލީ ޔޫތުކަޕް ޗެމްޕިއަން ކަން ވެލާ ސިޓީ ހޯދައިފި

40091135_1159050074233838_5070099152218619904_n.jpg

ވެލާސިޓީ ޗެމްޕިއަން ޓްރޮފީ އާއެކު -ފޮޓޯ /ސައިނޯސާ ރާއީ

އޭދަފުށީ ޒުވާނުންގެ ކްލަބުގެ ފަރާތުން ބޮޑު އީދުގައި ބާއްވަމުން އަންނަ ފްރެންޑްލީ ޔޫތު ކަޕްގެ މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ވެލާ ސިޓީ ހޯދައިފިއެވެ.

ވެލާސިޓީ ޗެމްޕިއަން ކަން ހޯދާފައިވަނީ އިއްޔެ ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ސައިނޯސާ އާއި ބައްދަލު ކޮށް ލަނޑެއް ނުޖެހި ދެޓީމް އެއްވަރު ވެގެން ޕެނަލްޓީ ޖަހައިގެން ނެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ވެލާ ސިޓީން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އެވެ. ނަމަވެސް ސައިނޯސާއިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެ މުބާރާތުގެ ޗެމްޕިަންކަން ލިބުމަށް އޮތް ފުރުސަތު ގެއްލުނީއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ އެންމެމޮޅު ޑިފެންޑަރަކަށްވެސް ހޮވާފައިވާ  ވެލާސިޓީގެ އަބްދުﷲ ޒުބައިރެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވާފައިވަނީ މި މުބާރާތުގައި އެންމެގިނަ ލަނޑުޖެހި ސައިނޯސާގެ އިބްރާހިމް މާޖިދެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވާފައިވަނި ސައިނޯސާގެ ހައިޝަމް ހަސަންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވާފައިވަނީ ވެލާ ސިޓީގެ ކޯޗް ފަރުހާދު އަބްދުއްރަހްމާން (ފަރޭ) އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ބައިލައްކަ ރުފިޔާ އާއި ރަނަރއަޕް ޓީމަށް ކަނޑައަޅާފައިވާ ވިހިހާސް ރުފިޔާގެ ރަމްޒީ ޗެކް އިއްޔެގެ މެޗަށްފަހު ވަނީ ހަވާލު ކޮށްފައެވެ.

ފްރެންޑްލީ ޔޫތު ކަޕް މުބާރާތުގައި މިއަހަރު ފަސް ޓީމު ބައިވެރި ވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top