މިދިޔަ މަހު އެންމެ ގިނައިން ސާވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް އަނަންތަރާ

4B378D2400000578-5621901-image-a-26_1523892870630-1.jpg

އަނަންތަރާ ކިހަވައް ރިސޯޓް

ބ.އަތޮޅުގައި ހިންގާ ރިސޯޓަތަކުގެ ތެރެއިން މިދިޔަ މަހު ސާވިސްޗާޖްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ އަންނަތަރާ ކިހަވައް ރިސޯޓަށްކަމަށް ރިސޯޓުތަކުގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓުން ބުނެފިއެވެ.

އެރިސޯޓުން ފާއިތުވި އެޕްރީލް މަހު ކޮންމެ މުވައްޒަފަކަށްވެސް 17862 ރުފިޔާ ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ބ.މުއްދޫގައި ހިންގާ ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުންނެވެ. އެރިސޯޓުން ސަރވިސްޗާޖްގެ ގޮތުގައި މުވައްޒަފަކަށް ލިބިފައިވަނީ 13338ރުފިޔާއެވެ.

11966 ރުފިޔާ އާއެކު ތިންވަނައިގާ މިލައިދޫ ރިސޯޓް އުޅޭއިރު އަމިއްލަފުއްޓާއި ފިނޮޅުން ސަރވިސްޗާޖަށް ލިބިފައިވަނީ 9522ރުފިޔާއެވެ.

ދާދިފަހުން ހުޅުވި ވައްކަރު ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖް ބަހާފައިވަނީ ކޮންމެ މުވަޒަފަކަށް މުވައްޒަފަކަށް 6168 ރުފިޔާއެވެ.

ސާވިސްޗާޖްގެ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުން 10 ޕަސެންޓް ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގަ އެވެ. އޭގެ ތެރެއިން އެކި ރިސޯޓުތަކުން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރެއްގެ ގޮތުގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top