ސޯނަމް ގެ ކައިވެނި މޭ 8ގައި

sonam-kapoor-anand-ahuja-1.jpg

ފިލްމީ ތަރި އަނުޝްކާ ޝަރްމާ އާއި ވިރާތްކޯލީގެ ކައިވެންޏަށްފަހު ބޮލީވުޑްގެ ބޮޑު ކައިވެންޏެއް ދެން އެންމެ އަވަހަށް އޮންނާނީ ސޯނަމް ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ، ދިއްލީގެ މަޝްހޫރު ވިޔަފާރިވެރި އެއްކަމަށްވާ އާންނަދު އަހޫޖާގެ ކައިވެނި ކަމަށް އޭރުވެސް ނޫސްތަކުން ރިޕޯޓް ކުރަމުން ދިޔައެވެ.

މިދެމީހުން ރައްޓެހިވެގެން އުޅޭތާ ދެއަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު އާއްމު ތަންތަނުންނާއި އެކި އެކި ޕާޓީތަކުން ވެސް އެކުގައި އުޅޭތަން ފެނުނު ނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކައެއް ރިޕޯޓަރަކު އަހާލިޔަސް އެކަމަށް ފުރިހަމަ ޖަވާބެއް ނުދެއެވެ. ސޯނަމް އަބަދުވެސް ބުނަމުން އަންނަނީ އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާގެ ކެރިއަރަށް ކަމާއި ކައިވެންޏަށް ވިސްނާނީ އޭގެ ފަހުން ކަމަށެވެ.

އެހެން ނަމަވެސް އަންނަ މޭ 8 ގައި ސޯނަމް އާއި އާންނަދުގެ ކައިވެނީގެ ރަސްމިއްޔާތު ފެށޭނެކަމަށް  ސޯނަމް ވަނީ ރަސްމީ ކޮށް އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ދެފަރާތުގެ އާއިލާއިންވެސް މިހާރުވަނީ މޭ 8 ވަނަ ދުވަހު މި ކައިވެނި ކުރާނެކަން ޔަގީންކޮށްދީފަ އެވެ.

ކައިވެންޏާ ބެހޭ ގޮތުން ދެފަރާތުގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯނަމް އާއި އާނަންދުގެ ކައިވެނި ކުރެވިގެންދާނީ މުމްބާއީގައި ކަމަށެވެ.

“ކަޕޫރު އަދި އަހޫޖާ އާއިލާ އިން ވަރަށް އުފަލާއެކު ސޯނަމް އާއި އާނަންދުގެ ކައިވެނީގެ ޚަބަރު މި ދެނީ. ” އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކައިވެނީގެ ތައްޔާރީތަކުގައި ދެ އާއިލާ ގުޅިގެން ވަރަށް ބުރަކޮށް ތައްޔާރު ވަމުން ދާކަމަށް ނޫސް ތަކުން ރިޕޯޓް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top