އޭދަފުށިން އަނެއްކާވެސް ކޮވިޑްގެ ޕޮޒިޓިވް ކޭހެއް

DSCN3338.jpg

އޭދަފުށީގެ ބަނދަރުމަތީގެ މަންޒަރެއް -- އީވީ ފައިލް ފޮޓޯ

އޭދަފުށިންް އަނެއްކާވެސް ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނިއްޖެ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑްގެ ޕޮޒިޓިވް ކޭހެއް މިއަދު އޭދަފުށިން ފެނިފައިވާ ކަމަށާއި އެއީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނެއް ކަމަށެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.

ކަރަންޓީނު މުއްދަތު ފުރިަމަކުރުމަށްފަހު ނަގާ ސާމްޕަލް ޕޮޒިޓިވް ނަމަ އަނެއްކާވެސް އިތުރު 14 ދުވަހަށް ޖެހޭނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާށެވެ.

އޭދަފުށީން ދާދި ފަހުންވެސް ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނިފައެވެ. އެކޭސް ފެނިފައިވަނީ ރާއްޖެއިން ބޭރުން އައި އަންހެނަކު ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ހެދި ޓެސްޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top