އެގްރޯ ކުންފުންޏަށް ކޮންމެ އަތޮޅަކުން ކޯޑިނޭޓަރެއް ހޯދަނީ

111821_3_dde47adc7e103de10d52ff1d4ad972188e7f9c7b_large.jpg

ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި މާރކެޓްކޮށް، ދަނޑުވެރިންނަށް ރަނގަޅު އަގެއް ހޯދައިދީ، ދަނޑުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ކޮންމެ އަތޮޅަަކުން ކޯޑިިނޭޓަރެއް ހޯދަން އިއުލާނު ކޮށްފިއެވެ.

މިކަމަށް އެދިި، މި ހިނގާ ޖަނަވަރީި މަހުގެ 14ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށް، އީމެއިލް އަކުން ([email protected]) އަށް ނުވަތަ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފީސް (ހ. އޯކިޑް، 8/B  ، 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، މާލެ) އަށް ހުށަހަޅައިގެން ރަޖިސްޓްރީ ވާން ޖެހޭނެ އެވެ.

މި މަގާމަށް ހޮވޭ މީހުން މަސައްކަތް ކުރަން ޖެހެނީ އެއަތޮޅެއްގައި ހުންނަ ތައުލީމީ މަރުކަޒުގަ އެވެ. މި މަގާމުގެ މުސާރައަށް ވަކި ވަރެއް ކަނޑައަޅާފައި ނުވާއިރު މުސާރަ ކަނޑައަޅާނީ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އެއް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް އެގްރޯ އިން ބުނެއެެވެ.

ކޯޑިނޭޓަރުގެ މައިގަނޑު މަސަައްކަތަކީ އަތޮޅުގައ ިހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެންމެ ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ކުންފުނިން އަންގާ ގޮތެއްގެ މަތިން އެކަންކަން ރާވައި ހިންގުމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް އެކޯޕަރޭޝަންގެ 3030426 ނަންބަރު ފޯނަށް ނުވަތަ 7447212 އަށް ގުޅުއްވުމުން ސާފުވާނޭ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top