ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ބ.އަތޮޅުގެ ދެ ބޭފުޅުން ކުރިމަތިލައްވައިފި

large_147435860353HWa6.jpg

ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް ބ.އަތޮޅުގެ ދެބޭފުޅުން ކުރިމަތި ލައްވައިފިއެވެ.

އެއީ ބ.ހިތާދު ރަނައުރާގޭ އުއްމުކުލްސޫމް އަބޫބަކުރު އާއި ބ.މާޅޮސް ޖަވާހިރުމާގޭ ރުޝްދުﷲ އިބްރާހީމް އެވެ.

ކްރިމިނަލަް ކޯޓަށް ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކުރީ މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވީއިރު އެކަމަށް ޖުމްލަ އަށް ބޭފުޅުން ކުރިމަތިލެއްވި އެވެ.

މި މަގާމުގެ މުސާރައާއި އިނާޔަތްތަކަށް މަހަކު 48300ރުފިޔާ ކަނޑައަޅާފައިވެއެވެ. އެއީ 30،000ރ. ގެ މުސާރައާއެކު، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ.އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ވަކި ގޮތެއްގެ މަތިން މެޑިކަލް އިންޝުރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top