ސޮނެވާ އިން ދޮށީގެ މަސްވެރިކަން ކުރިއަރުވަނީ

171108220648-3-bedroom-water-reserve-at-soneva-jani-2-by-jack-brown-super-tease.jpg

ސޮނެވާ ޖާނީ

މީގެ 20 އަހަރު ކުރިން ބ. ކުންފުނަދޫގައި ތަރައްގީކުރި ސޮނެވާފުށި ރިސޯޓް ހިންގާ ކުންފުނިން ނ. މެދުފަރުގައި ހިންގަމުން ގެންދާ ސޮނެވާ ޖާނީގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް ދޮށީގެ މަސްވެރިކަން ކުރިއަރުވައި ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތްތަކެއް ފަށައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާގޮތުގައި އިންޑިއާ އާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ބިލިއަނަރު ސޮނޫ އާއި އަންހެނުން ހިއްސާ ވާ ކުންފުނިން ދުނިޔޭގައި މިހާތަނަށް ތަރައްގީ ކުރި އެންމެ ފުރިހަމަ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ސޮނޭވާ ޖާނީ ރިސޯޓުން އެރިސޯޓުގެ ފަތުރުވެރިންނަށް ފޯރުކޮށްދެނީ ތިމާވެއްޓާ ރައްޓެހި ކޮށް ބާނާ މަސް ކަމަށް ރިޕޯޓަގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް ހިތްވަރު ދޭން ރާއްޖޭގެ ރިސޯޓަކުން ރަސްމީކޮށް ނުކުތް މިއީ ފުރަތަމަ ފަހަރެވެ.

ސޮނޭވާފުއްޓަކީ ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ރެސިޑެންސް ވިލާތައް ވިއްކާ ގޮތަށް ހެދި ރިސޯޓެވެ. އޭގެފަހުން ނ. މެދުފަރުގައި ހުޅުވި ސޮނެވާ ޖާނީ އެތައް ގޮތަކުން ތަފާތު ވެފައިވާ އިރު އެންމެ ފާހަގަ ކުރެވެނީ ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި ހަދާފައިވާ ފުރަތަމަ ސައިލެންޓް ސިނަމާ ހުރި ރިސޯޓުގެ ގޮތުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top