އޭދަފުށިން މިއަދު ނިޔާވިމީހާ ކޮވިޑަށް ފައްސި!

DSCN0022.jpg

އޭދަފުށި

މިއަދު ހަވީރު އޭދަފުށިން ނިޔާވި، އުމުރުން77 އަހަރުގެ މީހާ ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

އެމީހާ ކޮވިޑަށް ފައްސިވެފައިވާ ކަން އެނގުނީ ނިޔާވުމަށްފަހު ނެގި ސާމްޕަލުންނެވެ. އެހެންކަމުން މިއީ ކޮވިޑް ބަލީގައި މަރުވި މީހެއްކަމަށް ވަނީ ނިންމާފަ އެވެ.

ކޮވިޑަް ބަލީގައި މިމަހުގެ ތެރޭގައި އޭދަފުށިން ވަނީ އިތުރު މީހަކުވެސް ނިޔާވެފަެވެ. 85 އަހަރުގެ އެމީހާވެސް ކޮވިޑަށް ފައްސިކަން އެނގުނީ ނިޔާވުމަށްފަހު ހެދި ޓެސްޓުންނެވެ.

އެހެންކަމަުން މިއީ އޭދަފުށިން ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާއެވެ. އަދި ބ.އަތޮޅުން މަރުވި ތިން ވަނަ މީހާއެވެ.

މިދިޔަ މަހުގެ 19ގައި އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން އަދިވެސް އޭދަފުށި އޮތީ މޮނިޓަރިންގ ހާލަތުގައެވެ. އޭގެ އިތުރުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ ވަކި ގަޑިތަކެއްގައި ބޭރުގައި އުޅުން މަނާކޮށް ކާފިއު ހިންގާފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ރޭ 11 ޖެހިއިރު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ ނިޔަލަށް އޭދަފުށިން ވަނީ 276 މީހުންނަށް ކޮވިޑަށް ފައްސިވެ 219 މީހުން ބަލިން ރަނގަޅުވެފަ އެވެ. މި ވަގުތު އޭދަފުށީގައި ކޮވިޑަށް ފައްސި މީހުންގެ އަދަދަކީ 57 އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top