ކައްކާ ގޭސް އަގުހެޔޮކޮށްފި. ގޭހުގެ އަގުގެ ފައިދާ އަތޮޅުތެރޭގައި އެންމެ އެދެވޭ ގޮތުގައި ނުލިިބޭ: އެމްޑީ .މައުމޫން.

13319727_783797108386804_37007723099308020_n.jpg

މޯލްޑިން ގޭސް އިން ވިއްކަމުންގެންދާ ކައްކާގޭހުގެ އަގު ހެޔޮކުރުމުން އޭގެ ފައިދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ނުކުރާ ކަމުގެ ޝަކުވާ ލިބެމުންދާކަމުގައި މޯލްޑިވްގޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲމައުމޫން ވިދާޅުވެއްޖެއެވެ.

ރޯދަމަހާ ދިމާކޮށް މޯލްޑިވްގޭސްއިން ވިއްކާ 10 ކިލޯގެ ކައްކާ ގޭސްފުޅިއަކުން 10ރު. ހެޔޮކުރުމަށްފަހު މިއަދު އެކުންފުނީގެ ފަަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީ މިމޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ ގޭހުގެ އަގު ކުޑަކުރެވެނީ ރައްޔިތުންނަށް ފަސޭހަކުރުމަށް ކަމަށާއި ނަމަވެސް މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި ގޭހުން ކުޑަކުރާ އަގުގެ ފައިދާ އެންމެ އެދެވޭގޮތުގައި ނުލިބޭކަމުގެ މައުލޫމާތު ލިބިފައި ވާކަމުގައެވެ.

މިކަމާ ގުޅިގެން އެމްޑީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހޮޓްލައިނެއް ގާއިމް ކޮށްގެން އަތޮޅު ތެރޭގައި ގޭހުގެ އަގު ހެޔޮ ކުރުމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން ދޭތޯ ބަލާނެކަމަށާއި އެއްވެސް ރަށެއްގައި އެސްޓީއޯ ގޭސް  އަގުބޮޑުކޮށް ވިއްކަމުން ގެންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އަތޮޅުތެރޭގައި މަސައްކަތްކުރާ އެކުންފުނީގެ އެޖެންޓުން ބަދަލުކޮށްގެން ކަމުގައި ވިޔަސް ގޭހުގެ ބޭނުންކުރާ މީހާއަށް އޭގެފައިދާ ކުރާނެގޮތް ހަދައި ދެއްވާނެކަމުގައެވެ.

ގިނަދުވަސްތަކެއް ވަންދެން ގޭހުގެ އަގު 225 ރު. ގައި ހިފެހެއްޓިފައި ހުރުމަށްފަހު 210ރ. އަށް ބަދަލުކޮށްފައިވަނީ މިދިޔަ އެޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ.   އޭގެ ފަހުން އަނެއްކާވެސް ގޭހަށް ހެޔޮބަދަލެއް އައީ މިއަދުއެވެ. މިހާރު 10 ކިލޯގެ ގޭސްފުޅިއެއް އެސްޓީއޯ ގޭސްކުންފުނިން ވިއްކަމުން ގެންދަނީ 200ރ. އަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top