ޕީޕީއެމް/ޕީއެންސީގެ ރަށު ކޮމިޓީ އިންތިޚާބު ބާއްވަނީ.

b_WWvJjlhMiQ3A6iuPXydERoi8E.jpg

2 ސެޕްޓެމްބަރު 2020، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިލެކްޝަން ޑިޕާޓްމަންޓުން ބޭއްވި ނިއުސްކޮންފަރެންސްގެ ތެރެއިން --- ވަން ފޮޓޯ: މުހައްމަދު ހައްޔާން

ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މަސައްކަތްތައް ރަށްރަށުގައި ހަރުދަނާ ކުރުމުގެ ގޮތުން “ރަށު ސްޓިއަރިން ކޮމިޓީ” އިންތިހާބެއް އަންނަ މަހުގެ 16 ގައި ބާއްވަން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިލެކްޝަންސް ޑިޕާޓުމަންޓުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޑިޕާޓްމަންޓުގެ ހެޑް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ އިންތިހާބާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން ޑރ.މުއިއްޒު ވިދާޅުވީ މިއީ ކޯލިޝަންގެ ހަރަކާތްތައް ރަށްރަށުގައި ހަރުދަނާކޮށް ކުރިއަށްގެންދަން ހޮވާ ކޮމިޓީތަކެއް ކަމަށެވެ.

އެެގޮތުން ރަށްރަށުގެ އާބާދިއާށް ބަލައި، ފަސް މެންބަރުންނާއި ހަތް މެންބަރުންނާއި ނުވަ މެންބަރުންނާއި އެގާރަ މެންބަރުން ހިމެނޭގޮތަށް ކޮމިޓީތައް ކެޓަގަރައިޒް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިތުރު ތަފްސީލަށް ދަމުން ވިދާޅުވީ އެ ކޮމިޓީތަކުގައި ޒުވާނުންނަށާއި، އަންހެނުންނަށް ވަކި ބައެއް ހާއްސަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ކެޓަގަރީއަށް 18 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ކުރިމަތިލެވޭ އިރު، ޒުވާނުންގެ ކެޓަގަރީއަށް 18 އަހަރާއި 35 އަހަަރާ ދެމެދުގެ ޕީޕީއެމް، ޕީއެންސީގެ ކޮންމެ މެންބަރަކަށް ކުރިމަތިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާން ހަފްތާއެއްގެ ތެރޭގައި ހުޅުވާލާނެ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިއީ ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތައް ވަރުގަދަކޮށް، ހަރަކާތްތައް އިތުރު ކުރުމަށް އުފައްދާ ކޮމިޓީތަކެއް ކަަމަށެވެ. މި ކޮމިޓީތަކުގެ އިންތިހާބު ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން މާލޭގެ އަވަށްތަކުގެ މެދުގައިވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top