40މޭލަށް ވައި ގަދަވާނެ. ވައިޓް އެލާޓް!

މޫސުން-1112.jpg

ވިލާ ގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށް ހދ.އަތޮޅުން ފެށިގެން މާލެއަަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައިމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 21:00 އާއި ދެމެދުގެ ވަގުތަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރެވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

”ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ.“ މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، 4ފޫޓާއި 6 ފޫޓާއި ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރައްވައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top