ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭގޮތަށް އިންވިޓޭޝަންކަޕް ގުރު ނަގައިފި

23899486_10155429647898402_1014386916_n.jpg

ދޮންފަނު އިންވިޓޭޝަން ކަޕްގެ ގުރުއަތުލުން ރޭ ކުރިޔަށްދަނީ / ފޮޓޯ ހުޝާމް

އަންނަމަހުގެ 15 ވަނަދުވަހު ބ. ދޮންފަނުގައި ފެށުމަށް ހަމަޖެހިފައިވާ 23 އަހަރުންދަށުގެ އިންވިޓޭޝަންކަޕްގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ރޭ ދޮންފަނުގައި އޮތް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ގޮއިދޫ ޓީމް ނޫން ހުރިހާ ޓީމަކުންވެސް މަންދޫބުން ބައިވެރިވިއެވެ. ދިމާވި ސަބަބަކާހުރެ ގޮއިދޫ ޓީމަށް ގުރުއަތުލުމުގައި ބައިވެރި ނުވެވުމުން އިންތިޒާމް ކޮމެޓީގެ މެމްބަރަކު ގޮއިދޫގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވިއެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ ގޮއިދޫގެ އިތުރުން އޭދަފުށި، ކިހާދޫ، ދަރަވަންދޫ އަދި ދޮންފަނެވެ. މުބާރާތުގެ މެޗްތައް ރާވާލެވިފައިވާގޮތުން ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރުޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގައި އެއްވަނަ ޓީމާ ހަތަރުވަނަ ޓީމް ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ 2 ވަނަ އަދި 3 ވަނަ ޓީމެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ޑިސެމްބަރ 15 ދުވަހު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޗެންޕިއަން ކިހާދުއާ، ދޮންފަނެވެ.

ދޮންފަނު އިންވިޓޭޝަން ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް:
ކިހާދޫ – ދޮންފަނު (15 ޑިސެމްބަރު، ހުކުރު، 16:00)
ގޮއިދޫ – ދަރަވަންދޫ (16 ޑިސެމްބަރު، ހޮނިހިރު، 16:00)
އޭދަފުށި – ކިހާދޫ (17 ޑިސެމްބަރު، އާދިއްތަ 16:00)
ދޮންފަނު – ގޮއިދޫ (18 ޑިސެމްބަރު، ހޯމަ 16:00)
އޭދަފުށި – ދަރަވަންދޫ (19 ޑިސެމްބަރު، އަންގާރަ 16:00)
ކިހާދޫ – ގޮއިދޫ (20 ޑިސެމްބަރު، ބުދަ 16:00)
ދޮންފަނު – ދަރަވަންދޫ (21 ޑިސެމްބަރު، ބުރާސްފަތި 16:00)
އޭދަފުށި – ގޮއިދޫ (22 ޑިސެމްބަރު، ހުކުރު 16:00)
ކިހާދޫ – ދަރަވަންދޫ (23 ޑިސެމްބަރު، ހޮނިހިރު 16:00)
އޭދަފުށި – ދޮންފަނު (24 ޑިސެމްބަރު، އާދީއްތަ 16:00)

ސެމީފައިނަލް މެޗްތައް ކުޅޭނީ 26،27 ޑިސެމްބަރގައެވެ. ފައިނަލް މެޗް 29 ޑިސެމްބަރގައެވެ.

ދޮންފަނު އިންވިޓޭޝަން ކަޕަކީ މިދިޔަ އަހަރުން ފެށިގެން ބ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ. މިއީ، ދޮންފަނުގައި މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top