ރާއްޖޭގެ އިންފްލޭޝަން ވަރަށް ބޮޑަށް އުފުލިއްޖެ!

large_155705580328pkMG.jpg

ރާއްޖޜގެ އިންފްލޭޝަން ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ނުދާހައި މައްޗަށް ގޮސް 5.2 އިންސައްތައަށް އުފުލިއްޖެ އެވެ.

މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މެއި މަހާ ހަމައަށް ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ 2.5 އިންސައްތައިގައެވެ. ނަމަވެސް ޖޫން މަސް ނިމުނުއިރު އެ އަދަދު ވަނީ 5.2 އިންސައްތައަށް އުފުލިފައެވެ. އެއީ މެއި މަހާ އަޅާބަލައި އިރު، 2.7 އިންސައްތައިގެ މަތިވުމެކެވެ.

މިދިޔަ ހަތް އަހަރު ތެރޭގައި މީގެ ކުރިން ރާއްޖޭގެ އިންފްލޭޝަން އެންމެ މައްޗަސް ގޮސްފައިވަނީ 2017 ވަނަ އަހަރެވެ. އެ އަހަރުގެ މާޗް، އޭޕްރީލް އަދި މެއި މަހު އިންފްލޭޝަން ރޭޓު ހުރީ 4.2 ޕަސެންޓަށްވުރެ މަތީގައެވެ.

އޭގެ ފަހުން އިންފްލޭޝަން މަތިވެފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެ ފަހަރު އިންފްލޭޝަން ރޭޓު 3.3 ޕަސެންޓަށް އުފުލުނު ނަމަވެސް މި އަހަރު ފެށުނުއިރު، ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 އިންސައްތައިގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ، ކުއްޔާއި ޔުޓިލިޓީ ހިދުމަތް ތަކުންނާއި ތެލާއި ދަތުރުފަތުރުގެ ބައިންނެވެ.

އެމްއެމްއޭ އިން ލަފާކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނައިރު މި އަހަރު ރާއްޖޭގެ އިންފްލޭޝަން އިތުރުވާނީ ތިން އިންސައްތައަށް ކަމަށެވެ. އަދި އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓްކުރުމަށް ހިނގާ ހަރަދު ބޮޑުވެ ރާއްޖޭގެ ނެޝެނަލް ރިޒާވް ދަށްވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އަންނަ އަހަރާ ހަމައަށް ރާއްޖޭގައި އިންފްލޭޝަންގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވެސް ލަފާކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top