ހާގެންޑާޒް އައިސްކްރީމްގެ 12 ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

haagen-daz-belgian-chocolate.jpg

ހާގެންޑާޒް ބްރޭންޑްގެ 12 ވައްތަރުގެ އައިސްކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ )އިން މިއަދު މަނާކޮށްފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕެސްޓިސައިޑް އިން ތަޣައްޔަރުވެފައިވާ، ފްރާންސްގެ “ހާގެން-ޑާޒް” އައިސްކްރީމް ރާއްޖެ އަށް އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހާގެން-ޑާޒް ބްރޭންޑްގެ 12 ބާވަތެއްގެ އައިސްކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން ހުއްޓާލަން އަންގާފަ އެވެ.

ހާގެން-ޑާޒް އައިސްކްރީމްގެ ތެރެއިން މަނާކުރި ބާވަތްތަކަކީ:

– ވެނީލާ ފްލޭވާގެ 8 ބާވަތެއް

– ބެލްޖިއަން ޗޮކްލެޓް ފްލޭވާ

– ކުކީސް އެންޑް ކްރީމް

– ކުކީސް އެންޑް ކްރީމް އެސްޕީކޭ

– ވެނީލާ ކްރީމް އެންޑް އަލްމޮންޑް

އަދި އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް 3014361 އަށް ގުޅުމަށް އެމްއެފްޑީއޭ އެދިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top