ޝިޕްކެއަރ މޯލްޑިވްސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ގެ ޗެމްޕިއަން ކަން އެފް.ސީ ކަރާ ހޯދައިފި

1-2.jpg

ޗެމްޕިއަން އެފްސީ ކަރާ ،މުބާރާތުގެ ކާމިޔާބީގެ އުފަލުގައި -ފޮޓޯ : އިބްރާހީމް ނިޔާޒް

(ބ.ގޮއިދޫން އިބްރާހީމް ނިޔާޒް )

ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ”ޝިޕްކެއަރ މޯލްޑިވްސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ” ގެ ޗެމްޕިއަން ކަން އެފް.ސީ ކަރާ ހޯދައިފިއެވެ. ފައިނަލްގައި އިއްޔެ ހަވީރު ޝާރކް ސިޓީއާއި ބައްދަލުކޮށް އެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ން އެއްވަރުވުމާއި ގުޅިގެން ޕެނަލްޓީ ޖަހައިގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނުނު ނަމަވެސް ހާފް ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ފަހު ހާފުގައި ޝާކްސިޓީގެ އަހްމަދު އައިހަމް ލަނޑެއް ޖަހައި ލީޑް ނަގާފައި ވަނިކޮށް އެޓީމުން ކުރި ހަވަނަ ފައުލްއާއި ގުޅިގެން ލިބުނު ޕެނަލްޓީ އެފް.ސީ ކަރާގެ ގޯލްކީޕަރު އާދަމް ނިޒާމް (ކިތުނާ) ގޯލެއް ކާމިޔާބުކޮށް ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. މިނަތީޖާގައި އޮވެ މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ތިން ޕެނަލްޓީގެ ތެރެއިން ޝާކްސިޓީގެ އިބްރާހިމް ފަޟީލުޖެހި ޕެނަލްޓީ ގޯލާ އަމާޒު ނުވުމުގެ ސަބަބުން 4-3 ން މޮޅުވެ އެފް.ސީ ކަރާއަށް ވަނީ ޗެމްޕިއަންކަން ލިބިފައެވެ.

މެޗް ނިމުމާއެކު މުބާރާތުގެ ނަތީޖާ ފާޅުކޮށް މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ފައިސާގެ އިނާމާއި،ޓްރޮފީ، މެޑެލް އަދި ހަނދާނީ ލިއުން ވަނީ ހަވާލުކުރެވިފައެވެ. އެގޮތުން ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޝާކްސިޓީގެ އަލީ ހާފިޟެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ ޝާކްސިޓީގެ އަލީ ހާފިޟް، ޝާކްސިޓީގެ އަޙްމަދު އައިހަމް،އެފް.ސީ ކަރާގެ އާދަމް ނިޒާމް (ކިތުނާ)، އެފް.ސީ ކަރާގެ މުޙައްމަދު ޝާން، ފެހެންދޫ ސްޕޯރޓްސް ކުލަބުގެ އަޙްމަދު ބައްސާމު އެވެ. އަދި

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލްގެ ފަރާތުން ކަނޑައަޅާފައިވާ 10000 ރުފިޔާގެ ޗެކް އަދި ރަނަރަފް ޓީމަށް ދިނުމަށް ހަމަޖެހިފައިވާ 5000 ރުފިޔާގެ ޗެކް ވަނީ ޓީމްތަކާއި ހަވާލުކުރެވިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top