ލޭންޑް ޔޫސް ޕްލޭންތައް، ބައިބަޔަށް ފާސްކޮށްދެނީ

b_ZMbXqqWP2VFjqsvKv6AlClKUn.jpg

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގެ ކައުންސިލު ތަކުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭން ނުވަތަ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ތަކުގައި މައްސަލަބޮޑުވެ އެންމެ ފަހުން ބައިބަޔަށް ފާސްކުރަން ނިންމަވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގާނޫނުގައި ބުނާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ. ރަށުގެ މެޕް ކުރެހުމާއި, ގަހާއި ރުކުގެ އަދަދުގެ އިތުރުން ރަށެއްގައި ބިން ހިއްކެން އޮތް ސަރަހައްދު ފަދަ ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަން ލާޒިމުކޮށްފައިވާއިރު، އެކަމުގެ ފަންނީ ގާބިލުކަމެއް ނެތި އެ ކަން އޮތީ ދިގުލައިގެން ގޮސްފަ އެވެ

އެހެންވެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އޮތް ދަތިތަކާ އެކު، އަދިވެސް ގިނަ ރަށްރަށުން ހުށަހަޅާ ޕްލޭންތަކުގައި ގިނަ މައްސަލަތައް ހުރުމުން އެފަދަ ޕްލޭންތައް ވަނީ ފާސް ނުކުރެވިއެވެ.

އެކަމާ ގުޅިގެން ޕެނަލްގައި އިންނެވި ގާނޫނީ ވަކީލު, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ, ގާނޫނުތައް މާނަކުރަން ޖެހޭނީ އެންމެ ލުއިކޮށް ކަމަށެވެ. އެހެންކަމުން އެކަމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ނަމަވެސް, އެގޮތަށް ފާސްކޮށްދެމުން ދެވޭނީ ވެސް ރަށުގެ ޗާޓް ރަނގަޅަށް ޕްލޭންގައި ހިމަނާފައި އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ އޮތުން ވެގެންގޮސްފައި ވަނީ އެރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހަކަށެވެ.

މިހާތަނަށް 60 ރަށަކުން ލޭންޑް ޕްލޭން ހަދާފައިވީ ނަމަވެސް, އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ފާސްކޮށްފައި ވަނީ އެންމެ 21 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނެވެ.

އަސްލަމް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލުތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ލޭންޑް ޔޫސް ޕްލޭން ތަކުގައި ރަނގަޅަށް ހުންނަ ތަންތަން “ޕާޝަލް އެޕްރޫވަލް” ގެ ގޮތުގައި ފާސްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއްކޮށް ނުނިމި ހުރި ލޭންޑް ޔޫސް ޕްލޭންތަކުންވެސް ނިމިފައި ހުރި ބައިތައް ރަނގަޅުނަމަ، އެޕްރޫވް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު މިހާރު ގަސްތުކޮށްފިން މިހާރު އެހެން ކަމެއް ކުރަން. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނާ ހިލާފުނުވާ ވަރުގެ ކަމަށް ކުރަން މިއުޅެނީ. އެއީ ލޭންޑް ޔޫސް ޕްލޭން ޕާޝަލީ އެޕްރޫވް ކުރުން،” އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ނިންމުމަށް ތާއިދުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫޒް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top