ސިވިލްކޯޓުގެ ގާޒީކަމަށް ބ.އަތޮޅުގެ ދެބޭފުޅުން ކުރިމަތި ލައްވައިފި

civil-court.jpg

ސިވިލްކޯޓަށް ދެ ގާޒީން ބޭނުންވެގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރެއްވި އިއުލާނާއި ގުޅިގެން އެމަގާމަށް ބ.އަތޮޅުގެ ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ. އެއީ ބ.ކިހާދޫ އަލީ ނަސީރާއި ބ.މާޅޮސް ރުޝްދުﷲ އިބްރާހީމް އެވެ.

މި ދެބޭފުޅުންނާ އެކު ޖުމްލަ17 ބޭފުޅުން މިމަގާމަށް ކުރިމަތިލެއްވި ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ފިރިހެނުންނާއި 4 އަންހެނުންނެވެ.

ސިވިލް ކޯޓުން ވަނީ މިދިޔަ މަހުގެ 15 ދުވަހުވެސް ސިވިލްކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލާފައި އެވެ. އެފަހަރު 8 މީހަކު އެމަގާމަށް ކުރިމަތިލާފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމުގައި ކުރިން ހުންނެވި ބ.ކުޑަރިކިލު އަބްދުالله އަލީ ވަނީ ރިޓަޔާ ކުރައްވައިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top