މާދަމާއިން ފެށިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭގޮތަށް ނިންމައިފި އެވެ.
މި ކަން މިމަގުން ހިނގާނެ ކަމަށް އަންގާފައިވަނީ އެސްކޫލްގެ ބެލެނިވެރިންނަށް ސްކޫލުގެ ވަިބަގްރޫޕްމެދުވެރިކޮށް ފޮނުވި މެސެޖެއްގައެވެ.
ބެލެނިވެރިންނަށް އަންގާފައިވާ ގޮތުގައި މާދަމާއިން ފެށިގެން އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ފިޔަވައި އެހެން ގްރޭޑްތަކުގެ ކިޔެވުން ކުރިއެކޭވެސް އެއް ގޮތަށް ޓައިމްޓޭބަލާ އެއްގޮތަށް ކުރިއަށްދާނެ އެވެ.
އޭދަފުށީގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައީ އޮންލައިންކޮށެވެ.
އެހެން ނަމަވެސް ކޮވިޑްގެ ހާލަތަށް ހެޔޮބަދަލެއް ނައިސް އަދިވެސް ރަށް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ރަށު ކައުންސިލުން އާއްމު ކުރާ ކޮވިޑްގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް އޭދަފުށީގެ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 79 އެވެ.