ދަރަވަންދޫ އެއާޕޯޓުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ނައްތާލައިފި

police-.jpg

ދަރަވަންދޫ އެއާޕޯޓުން އަތުލައިފައިވާ 183 ފުޅި ބަނގުރަލާއި 174 ދަޅު ބިޔަރު -ފޮޓޯ: ޕޮލިސް

ބ. ދަރަވަންދޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުން އަތުލައިފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ.

އެގޮތުން 183 ފުޅިބަނގުރަލާއި 174 ދަޅު ބިޔަރު، ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ބުދަ ދުވަހު، ނައްތާލާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ތަކެއްޗަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުނެއެވެ.

“ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.” ފުލުހުންގެ ބަޔާނުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top