މާދަމާއިން ފެށިގެން ޑިޖިޓަލް ވެކްސިން ކާޑު ބޭނުންކުރަން ފަށަނީ!

050738-people-leaving-male-05694.jpg

މާދަމާއިން ފެށިގެން ރާއްޖޭގައި ޑިޖިޓަލް ވެކްސިން ކާޑު ބޭނުންކުރަން ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކާޑު ބޭނުންކޮށްގެން އެންމެ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ. ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖެއިން ސިންގަޕޫރަށް ކަރަންޓީނު ވުމަކާއި ދަތުރުކުރެވޭނެ އިންތިޒާމު، ޚާއްސަ ޓްރެވެލް ލޭނެއް މެދުވެރިކޮށް މިހާރު ހަމަޖެހިފައިކަމަށެވެ. ނަމަވެސް މިގޮތަށް ދަތުރުކުރެވޭނީ މިނިސްޓްރީ އޮފް ހެލްތުން ގާއިމު ކޮށްފައިވާ ކޮވިޑްސޭފް ޕޯޓަލް މެދުވެރިކޮށް ލިބޭ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަމީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ޕޯޓަލުން ކޮވިޑްސޭފް ސެޓްފިކެޓް ހޯދުމަށް ކޯވިޑްސޭފް.ގަވް.އެމްވީ އަށް އެމީހެއްގެ އައިޑީކާޑު ނަމްބަރާއި މޯބައިލް ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ލިންކަށް ވަނުމުން އެމީހެއްގެ ކޮވިޑްގެ ހާލަތު ފެނިގެންދާނެ ކަމަށާއި ޕީސީއާރް ޓެސްޓުގެ ނަތީޖާއާއި ކަރަންޓީނުގައި ހުރިނަމަ އެމައުލޫމާތާއި ވެކްސިންޖަހާފައިވާ ޑޯޒުގެ މައުލޫމާތުވެސް މިލިންކުން ލިބޭނެއެވެ.

މިގޮތަށް ސިންގަޕޫރަށް ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް ވެކްސިން ސެޓިފިކެޓުގައި ހިމެނޭ ޝަރުތުތައް ފުރިހަމަވުމާއެކު 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއަކާއެކު ދަތުރުކުރެވޭނެ އެވެ. އަދި ވެކްސިން ނުޖަހާ 12 އަހަރުގެ ނުވަތަ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް މިޓްރެވެލް ލޭންގެ ދަށުން ދަތުރުކުރެވޭނީ އެކުދިންނަށް ކަނޑައެޅޭ ޝަރުތުތަކަށް އެއްބަސްވުމާއެކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބޮޑު މީހަކާއެކުގައިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ސިންގަޕޫރުގައި ވެކްސިން ޖެހޭ އާބާދީގެ %80މީހުން މިހާރުވަނީ ވެކްސިންވެސް ފުރިހަމަކޮށްފައެވެ. އަދި %10މީހުންވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒްވެސް ޖަހާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top