ކޮންމެ ކްލާހަކަށް ވައިބާ ގްރޫޕް ނުހަދަން އަންގަވައިފި

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

ސްކޫލާ ގުޅޭ ކަންކަމުގައި މުއާމަލާތް ކުރުމަށް ބައެއް ސްކޫލޫތަކުގައި ވަކިވަކި ކްލާސްތަކަށް ވައިބާ ގުރޫޕް ހަދާ މައްސަލަ ބޮޑުވެ އެކަން އެގޮތަށް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފި އެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އެއްފަރާތުން މުއާމަލާތު ކުރާ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން އެދޭ ކަމަށެވެ. އަދި އެ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ބުންޏެވެ.

“މިއާއެކު، ބެލެނިވެރިން މުދައްރިސުންނާ މުއާމަލާތްކުރެއްވުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށް ދަންނަވަމެވެ،” އެޑިއުކޭޝަނުން ބުންޏެވެ.

ސްކޫލުތަކުން ބެލެނިވެރިންނާއެކު ރަސްމީ މުއާމަލާތް ކުރަން ބޭނުންވެ އެކަމަށް އިތުރު ގްރޫޕެއް ހަދާނަމަ، ވަކިވަކި ކީސްޓޭޖުތަކަށް ނުވަތަ ގްރޭޑުތަކަށް ހާއްސަ ގްރޫޕެއް ހެދިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ސްކޫލުތަކުން ދަރިވަރުންނާ ހަވާލުކުރާ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށްޓަކައި ވައިބާ ގުރޫޕް ހަދައިގެން އެ ގްރޫޕް ތެރޭގައި އެފަދަ މުއާމަލާތްތައް ކުރުމުގެ ބަދަލުގައި ދަރިވަރުން އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގަންނަ ގޮތަށް ސްކޫލްތަކުން މަސައްކަތް ކުރުމަށް ސާކިއުލާގައި އެދިފައިވެ އެވެ.

ސްކޫލުތަކުގައި ކޮންމެ ކްލާހަކަށް ވަކި ވައިބާ ގްރޫޕް ހަދައިގެން އެ ގްރޫޕްތަކުގައި ސްކޫލާއި ދަރިވަރުންގެ ހުރިހާ ކަމެއްގެ ވާހަކަ ދެއްކުމާއި، ޒުވާބުކުރުމާއި، ހުއްޓުމެއްނެތި ވައިބާ ގްރޫޕް އެކްޓިވްކޮށް ބޭއްވުމަކީ ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުންގެ ކަންބޮޑުވުމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top