އެސްޓީއޯ އިން ކިލޯކިރައިގެން ކާޑުވިއްކުން ހުއްޓާލައިފި

ކހކ.jpg

އެސްޓީއޯ ،އޭދަފުށީ ފިހާރައިގެ ކާޑު ގުދަން

އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައިން ކިލޯ ކިރައިގެން ވިއްކަމުން އަންނަ ކާޑުގެ ބާވަތްތައް ވިއްކުން ހުއްޓާލައިފި އެވެ.

ގެއްލުމާއެކު މިހާރުވެސް ހިންގަމުން އަންނަ އެފިހާރައިން މި ބަދަލު ގެނައުމުގެ ގޮތުން އިއްޔެވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ އެ ފިހާރައިން ވިއްކަމުން އައި ކާޑުގެ ބާވަތްތައް (ހަނޑޫ ހަކުރު ފުށް) މިއަދުން ފެށިގެން ކިލޯ ކިރައިގެން ވިއްކުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް 50 ކިލޯގެ ބަސްތާ ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް ވެސް ވަނީ އެދިފައެވެ.

ނިހާޔަތަށް މާފަށް އެދި އެސްޓީއޯއިން ކާޑުގެ ބާވަތްތައް ބަސްތާއިން ވިއްކަން ހަމަޖެއްސި އިރު މިއީ އެސްޓީއޯގެ ދިގު މާޒީގައި މިފަދަ ނޭއްނާނި ބަދަލެއް ގެނައި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. އަދި ރަށު ކައުންސިލާއި ރައްޔިތުންގެ ބަހެއްނެތި މިފަދަ ބަދަލެއް ގެނައުމުން ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސް މުއިއްޒުގެ ސަރުކާރުގެ އޯގާތެރިކަމަކީ މިއީތޯ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހޯދާލުމަށް އެފިހާރައިގެ މެނޭޖަރަށް ގުޅުމުން ފޯނެއް ނުނަންގަވައެވެ. އެސްއެމްއެސް އެއް ފޮނުވުމުން ޖަވާބެއްވެސް ނުދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top