ރޯދައަށް ހަނދުުބެލުން މިމަހު 21 ގައި

1495644960.jpg

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމާއި ހަނދު ސާބިތުކުރުން މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އަތޮޅުތަކުގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައި ކަމަށާއި މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ.

ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަ، ރަށު ކައުންސިލުގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދޭން ޖެހޭނެ އެވެ. އަދި ހެކިބަސް ދޭ މީހާ ހެކިބަސްދޭ އިރު، ހަނދު ހުރި އުސް މިނާއި މިސްރާބާއި އެނޫން ވެސް އެފަދަ މުހިއްމު މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top