ޓީޗަރުންގެ ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދޭން ފަށަނީ

large_154563119651mWeH.jpg

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ - ފޮޓޯ : އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުންނަށް ދެމުން އަންނަ ސެޓްފިކެޓް ޕްރޮމޯޝަން, އަލުން ދޭން ނިންމައިފި އެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ ވަކި ފެންވަރެއްގެ ސަނަދެއް ހާސިލުކުރުމުން ދޭ ޕްރޮމޯޝަނެވެ..

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ޕްރޮމޯޝަން، އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި ވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ސެޓްފިކެޓް ޕްރޮމޯޝަން ދިނުން އޮތީ މެދުކަނޑާލައިފއެވެ.

ނަމަވެސް އޭގެ ކުރިން ދޫ ނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ސީއެސްސީން ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުން ދާތީ، އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސެޓްފިކެޓް ޕްރޮމޯޝަނަކީ، ސިވިލް ސާވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް، ވަކި ތައުލީމީ ވަކި ސަނަދެއް ހާސިލުކުރުމުން ދޭ ޕްރޮމޯޝަނެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top