ޑރ. ޝަހީމް، ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް.

119978387_759827548199616_3742561817913643762_n.jpg

ޑރ.ޝަހީމް --ފޮޓޯ :ޕީޕީއެމް މީޑިއާ

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސްޔާމީގެ ރަނިންގ މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.

ޑރ.ޝަހީމް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖެއްސެވި ކަން އިއުލާންކޮށްފައިވަނީ ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝަހީމް ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ އެއްވެސް ހާލަތެއްގައި ވަކި މަގާމެއް ބޭނުން ވެގެން ނޫން ކަމަށާއި ބޭނުންވަނީ މެންބަރުންނާއެކު ދެމިހުންނަން ކަމަށެވެ.

“އަޅުގަނޑު ބޭނުންވަނީ ޕީޕީއެމް، ޕީއެންސީގެ މެންބަރުންނާއެކު ދެމިހުންނަން. އަޅުގަނޑު ތިބޭފުޅުންނާ މި ގުޅުނީ އެއްވެސް ހާލެއްގައި ވަކި މަގާމަކަށް. އަބްދުއްރަހީމް އަޅުގަނޑަށް އެޑްވައިޒަރުކަން ހުށަހެޅުއްވީ.” ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަނުގައި އިތުރު ދެ އެޑްވައިޒަރަކު ތިއްބަވައެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ޝަހީމް، ގިނަ ދުވަސްތަކަކު ސައުދީގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ. އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުވެސް ފުރުއްވައިފައެވެ.

ޝަހީމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް އެމަގާމުން އިސްތިއުފާ ދެއްވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރުކޮށް ޖަލަށްލާން ހުކުމްކުރުމާ ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top