ދަރަވަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ.

DSCN9174.jpg

ދަރަވަންދޫގެ މަގެއް---އީވީ ފޮޓޯ

ދަރަވަންދޫގައިހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާ ޕޮޒިޓިވް ވެފައިވަނީ، ހޯމް ކަަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާ އިއްޔެ ލިބުމުން ކަމަށް ދަރަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

އެމީހާ ޕޮޒިޓިވްވި ނަމަވެސް އެމީހާއާ އެއްވެސް މީހަކު ކޮންޓެކްޓްވެފައިވާކަން މިހާތަނަށް އެނގިފައި ނުވާ ކަމަށް ވެސް ދަރަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

ދަރަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އިއްޔެ ވަނީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top