ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

މަޖިލީހުގެ ކޮމެޓީން ފާސްކުރީ ޖީއެސްޓީ 8ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން 

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ. އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސަންޓުގެ ބަދަލުގައި 14 ޕަސެންޓްގައި ޓެކްސް ނެގުމަށެވެ.

އިތުރު ދެ އިސްލާހެއް ވެސް އާޒިމް ހުށަހެޅުއްވި އެވެ. އޭނާ ދެން ހުށަހެޅުއްވީ ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުރުމަށާއި ބޮޑު ކުރާ ޓެކްސް ނަގަން ސަރުކާރުން ނިންމާފައިވާ ތާރީހް ބަދަލުކުރުމަށެވެ. އާޒިމު ހުށަހެޅުއްވީ ބޮޑުކުރާ ޓެކްސް އަންނަ އަހަރުގެ އޭޕްރީލް އިން ފެށުމަށް ނެގުމަށެވެ.

އާޒިމާއި ޝިޔާމު ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ވޯޓުންނެވެ. މިއިސްލާހުތައް ފާސްނުވުމުން މަޖިލީހުގެ ރައީސް ދެން ވޯޓަށް އެއްސެވީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކުރުމަށެވެ. އެ އިސްލާހުތައް ފާސްވީ 50 މެމްބަރުންގެ ތާއީދާ އެކު އެވެ. ސަރުކާރުގެ އިސްލާހުތައް ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.

އެ އިސްލާހުތައް ބޭރުކޮށްލުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވާލީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރަން ވޯޓު ދެއްވުމަށެވެ. އެކަމަށް ތާއީދު ކުރައްވައި 50 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ސަރުކާރުން ފޮނުވި ގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސް ވެއްޖެ ކަމަށް ރިޔާސަތުން އެންގެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top