ލައިވް ކަވަރޭޖް: 1-0ން މޮޅުވެގެން އޭދަފުށި އެސްޓީއޯ މިނިވަން50 ޗެމްޕިއަންކަޕް ކާމިޔާބު ކޮށްފި

viber-image-3333.jpg

ލައިވް ކަވަރޭޖް..

11:02 މެޗު ނިމިއްޖެ. 1-0ން އޭދަފުށީ ޓީމް މޮޅުވެގެން.

10:39 ހުމޭދުއަށް ލިބުނު އަނިޔާ އަކާގުޅިގެން ދަނޑު ބޭރުގައި ފަރުވާ ދެމުން

ދަނީ

10:12 ދެވަނަ ހާފް ފަށައިފި

9:56  މެޗުގެ ފުރަތަމަ ހާފް ނިމިއްޖެ

9:54 މުހައްމަދު ފާސިރުގެ ބޮލަށް އަނިޔާ ވެގެން ފަރުވާ ދެނީ

9:45 ކައިރިކައިރީގައި އޭދަފުށީގެ ތިން ހަމަލާއެއް ތިމަރަފުށީގެ ގޯލަށް ދީފި

9:40 ތިމަރަފުށީގެ ނުރައްކާތެރި ހަމަލާއެއް ކީޕަރު ސަލާމަތް ކޮށްދީފި

9:35 ތިމަރަފުށްޓަށް ކުޅޭ ބިދޭސީ ކުޅުންތެރިއަކަށް ރީދޫކާޑެއް ދައްކައިފި

9:25 ހުމޭދު ކުރި ކުށަކާ ގުޅިގެން އޭނާއަށް ރީދޫ ކާޑެއް ދައްކައިފި

9:20 އޭދަފުށީގެ ކީޕަރ ޒީޔަޒަން އަށް ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް ފަހު ކުޅުން ކުރިއަށް ދަނީ

9:15 މެޗުގެ ފުރަތަމަ ލަނޑު އޭދަފުށިން ޖަހައިފި .ލަނޑުޖެހީ ސާމީ

:45 މިރޭގެ މެޗްގައި އޭދަފުށީ ޓީމުން ޖަހާ ކޮންމެ ގޯލަކަށް -/5000ރުފިޔާ ދެއްވާނެކަމަށް އެމްޕީ ސަލީމް )ރެޑްވޭވް( ވިދާޅުވެއްޖެ. ސަލީމް އީވީއަށް ވިދާޅުވީ “30 އަހަރަށްފަހު ގައުމީ ތައްޓެއްގައި އަތްޖައްސާލަން ލިބުމަކީ ވަރަށް ބޮޑު ހުވަފެނެއްކަމަށާ، އެކަމުގައި ކުލަޖެއްސުމަށް ޖާނާމާލު ހުސްކޮށްލަންވެސް ތައްޔާރުކަމަށް”

6:37: ސަޕޯޓަރުންގެ އެންމެ ފަހު ލޯންޗް (އަތޮޅު ކައުންސިލް މުވައްޒަފުން) ދެންމެ މާލެދިއުމަށް އޭދަފުށިން ފުރައިފި.

4:55. އޭދަފުށިން އެޓޯލް ކިއުޓް ލާންޗްގައި އިތުރު ސަޕޯޓަރުން މާލެ ފުރައިފި. މީގެއިތުރުން އޭދަފުށީ ބަށިޓީމް ކުޑައިރުކޮޅެއްތެރޭގައި މާލެފުރާނެކަމަށް ހަބަރުލިބޭ. އަތޮޅު އޮފީހުުުގެ މުވައްޒަފުން މިރޭ 6:30ގައި މާލެފުރުމަށްވެސް ވަނީ ހަމަޖެހިފައި…

viber-image

4:15. ފައިނަލް މެޗަށް މާލެ ގޮސްތިބި ސަޕޯޓަރުންނަށް އެމްއެމްއޭ ކުރިމަތިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި. އެސަރަހައްދަށް މާލޭގައި ދިރިއުޅޭ އޭދަފުއްޓަށް ނިސްބަތްވާ ގިނަބަޔަކު ޖަމާވެ މަޖާނެގި..

3:00: އޭދަފުށީ ޓީމް މިރޭ ކުޅޭ މެޗުގައި ބޭނުންކުރުމަށް ބްރޭންޑް ނިއު ޖޯޒީބައެއް އެމްޕީ ސަލީމް (ރެޑްވޭވް) ހަދިޔާ ކުރައްވައިފި. މިއީ -/19100ރ ގެ އަގުހުރި ޖާޒީއެއްކަމަށް ޓީމުން ބުނޭ. ސަލީމް ވިދާޅުވީ މި ކަމަށް 19500ރު.ގެ އެހީއެއް ވެދެއްވާފައިވާކަމަށް.

12308189_558766560955652_1821814425295981818_o

ޖާޒީބައިގެ އިތުރުން ސަލީމްވަނީ ޓީމަށް ސަފޯޓްކުރުމަށް ދަނޑަށް ދާ މީހުންނަށް ރަތް ޓީޝާޓް ހެދުމަށްވެސް 35000ރ ދެއްވާފައި

2:50 އަގޯޓާ ބޯޓު މިހާރު އޮތީ ދޫނިދޫއާ ހަމައިގަ. ނިޔާމަ ތަންކޮޅެއް ފަހަތުގައި ކަމަށް އަގޯޓާގައި ހުންނެވި އަބްދުލްވާހިދު ހުސޭން  ޚަބަރު ދެއްވާ

2:15 މާލެ ދިއުމަށް ފުރި 2 ބޯޓް 3:30 ހާއިރު 1 ނަމްބަރ ޖެޓީއަށް ކައިރިކުރާނެކަމަށް ބޯޓުތަކުން ބުނެފި. އަދި މާލޭގައި ތިބި ސަޕޯޓަރުން ދޯނިފަހަރުގައި ދަތުރުކުރާ ސަޕޯޓަރުންނަށް މަރުހަބާ ކިއުމަށް މާލޭގައި ތައްޔާރުވަމުން އެބަދޭ.

12:15 ޓީމް ފިޓް، ކޯޗް ފިޓް. ބޭނުންވަނީ 12ވަނަ ކުޅުންތެރިޔާގެ ހިތްވަރު. ދަނޑަށް ވަޑައިގެން ޓީމަށް އިވޭވަރަށް ސަޕޯޓް ކުރެއްވުން އެދެން -ކޯޗު މަޖީދު

11:20 :- މިރޭގެ މެޗްގައި ޓީމުން ޖަހާ ކޮންމެ ލަނޑަކަށް -/1000ރ ދެއްވަން އޭދަފުށީ ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ނިންމަވައިފި.

ރިޒާ ވިދާޅުވީ “އެއީ ލަނޑުޖަހާ ކުޅުންތެރިއަކަށް ނޫން. މުޅި ޓީމަށް. ކިތަންމެ ގިނަ ލަނޑުޖެހިޔަސް މައްސަލައެއް ނެތް”

10:15 މިނިވަން ޗެންޕިއަންޝިޕްގައި މިރޭ ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗްގައި އޭދަފުށީ ޓީމަށް ސަޕޯޓްކުރުމަށް އޭދަފުށިން ދާ ސަޕޯޓަރުން ދާދި ދެންމެއަކު އޭދަފުށިން ފުރައިފިއެވެ.

300 އަށްވުރެ ގިނަ ސަޕޯޓަރުންނާއެކު އޭދަފުށިން ދެންމެ ފުރީ އަގޯޓާ ބޯޓް އަދި ނިޔާމަ ބޯޓެވެ. ސަޕޯޓަރުން ފުރުވުމަށް ގިނައަދަދެއްގެ އާންމުން ބަނދަރަށް ނުކުމެ ތަރުހީބު ދިން އިރު، ބޯޓްތަކުގައި ވަނީ ގައުމީ ކުލަތަކުން ދިދަ ދަމާފައެވެ. އަދި ފޯރި ނެގުމަށް ބޭނުންވާ ބޮޑުބެރާ، ދުންމާރިފަދަ ތަކެތިވެސް ބޯޓް ފަހަރަށް އެރުވިއެވެ.

viber-image-4

މައުލޫމާތު ލިބޭގޮތުގައި ލޯންޗް ފަހަރުގައި މިއަދު މެންދުރުފަހުވެސް ސަޕޯޓަރުން މާލެދާނެއެވެ.

viber-image

އިތުރު މައުލޫމާތު އަންނަނީ…..

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު