ޓީމް ފިޓް، އަމާޒަކީ ތަށި، ބޭނުމީ ހުއްޓުމެއްނެތް ސަޕޯޓް – ކޯޗް މަޖީދު

14184367_1114990701916475_9072930993287049979_n.jpg

މިރޭގެ މެޗަށް އޭދަފުށީ ޓީމާއި ކޯޗުވެސް ފިޓްކަމަށާ، އަމާޒަކީ ހަމައެކަނި ތަށި ކަމަށް ކޯޗް މަޖީދު ވިދާޅުވެއްޖެއެވެ.

މަޖީދު ވިދާޅުވީ ދެންއޮތީ 12ވަނަ ކުޅުންތެރިޔާ ނުވަތަ ސަޕޯޓަރުން ފިޓް ވުން ކަމުގައެވެ. އީވީ އާ ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ އޭދަފުށީ ޓީމުގެ ސަޕޯޓަރުންގެ ވަރުބަލި ވުމެއް ނެތް ހަކަތަ އާއި ސަޕޯޓަރުންގެ ތަރުހީބަކީ ޓިމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމުގައެވެ.

“އަޅުގަނޑުގެ ވަރަށް މުހިއްމު އެދުމަކީ ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓްކުރައްވަމުން ދާއިރު ޓީމަށް އަޑު އިވޭވަރަށް ސަޕޯޓު ކުރެއްވުން. މިކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑަށް އެގޭ މިކަހަލަ ކޮންމެ ކަމެއްގައި އޭދަފުށީ ރައްޔިތުންނަކީ ނަމޫނާ ދައްކާފައިވާ ބައެއްކަން.” .

މަޖީދު އިތުރަށް ވިދާޅުވީ ޓީމްގައި އަނިޔާގެ މައްސަލައް ނެތްކަމަށާއި މިރޭގެ މެޗަށް ޓީމް ގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ރަގަޅަށް ތައްޔާރުވެފައި ކަމުގައެވެ.

ޓީމުގެ ކުލައަކީ ރަތްކުލަކަމަށް ވާއިރު ރަތްކުލައިގެ ހެދުމެއްގައި ސަޕޯޓަރުން ދަނޑަށް ވަޑައިގަތުމަށް މަޖީދު އެދިވަޑައި ގަންނަވައެވެ.

“އަމާޒަކީ ތަށި. އިރާދަކުރެއްވިއްޔާ މިރެއަކީ އަނެއްކާވެސް ތާރީޚް އަނބުރާ އިއާދަވާ ދުވަސް. ” މަޖީދުގެ ކެޕްޓަން ކަމުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް 1986 ވަނައަހަރު ދެނަންބަރު ޑިވިޝަންގެ ޗެމްޕިއަންލިބުމުގެ އުފާވެރި ހަނދާންތައް އާކުރަމުން ވިދާޅުވިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ އޭދަފުށްޓާ ވާދަކުރުމަށް ނުކުންނަނީ ތިމަރަފުށްޓެވެ. މެޗް އޮންނާނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ 9:00ގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު