ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް އަންނާނެ

big_Dd6YgbI3Ix4rNjjIhO9AN8ump.jpg

ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ކުރިއަށް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެތީ ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، އެ ބަދަލުތަައް މި ހަފުތާގައި އިއުލާން ކުރާނެ ކަމަށެވެ.

“މިހާރު ވެސް ވާނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި. އެންއައިއީ އާއެކު، ކަމާގުޅޭ އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން ޓީމްތަކާއި އެސްއޭގެ ޓީމްތަކާއެކު ވަނީ މަޝްވަރާކޮށްފައި.” މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، ކަރިކިއުލަމްގައިވާ ލަނޑުދަނޑިތައް ހާސިލްކުުރުމަށާއި ދެވަނަ ޓާމްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ނުދާނެކަމަށެވެ. ވަޒީރު ވިދާޅުވީ ބައެއް ބިދޭސީ ޓީޗަރުން ޗުއްޓީއަށް ގޮސް ވަޒީފާއިން ކެނޑުނު ކަމަށާއި، އެ މަގާމަށްވެސް އައު މުދައްރިސުން ހަމަޖައްސާފައިވާކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ މުދައްރިސުންވެސް ތައުލީމީ ޓީމާ ގުޅިވަޑައިގަންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު، ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވީ މިއަދެވެ. ދިރާސީ ކަލަންޑަރުގައި ވާ ގޮތުން މި ޓާމްގައި ކިޔަވައި ދޭނީ 108 ދުވަހު އެވެ. އަދި ދެވަނަ ޓާމަށް ސްކޫލްތައް ބަންދުވާނީ ޖޫން 13 ގަ އެވެ. ފުރަތަމަ ޓާމްގައި 93 ދުވަހު ކިޔަވައި ދިނެވެ. އެވެ.

މި އަހަރުގެ ރޯމަ މަސް ކުރިމަތިވަނީ އަންނަ މާޗް މަހުގެ ކުރީކޮޅު އެވެ. ރޯދައިގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާ ގޮތަށް ނިންމީ އެ މާތް ދުވަސްތަކުގެ އަޅުކަމުގައި ގިނަ ވަގުތު އުޅެވޭނެ މަގު، މުވައްޒަފުންނަށް ފަހިކޮށް ދިނުމުގެ ގޮތުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top