އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ހަމަޖައްސައި އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ނިންމެވި ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ 2026 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށިގެން ދާނީ އާންމުކޮށްވެސް އަޅުގަނޑުމެން ފަށާ އުސޫލަށް ޖެނުއަރީ މަހުގައި ކަމަށާއި ޖުލައި މަހު ތިން ހަފުތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހުގަ ހަތަރު ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމުގައެވެ.

ހަމައެހެންމެ ދިރާސީ އާ އަހަރު ބަދަލު ކުރުމުގެ ކަންކަން ދާނީ ކުއްލި އަކަށް ނޫން ކަމަށާ، އެކަން ކުރިއަށް ގެންދާނީ އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ދަތިތަކާއި ކުރިމަތިނުވާ ގޮތަށް ތައުލީމީ ކަލަންޑަރަށް މަދު މަދުން ގެނެވޭ ކުދި ބަދަލު ތަކާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިބަދަލާއި ގުޅޭ ތަފްސީލު ވަރަށް އަވަހަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top