ކިހާދޫ ކައުންސިލުން ސަރުކާރުގެ ދެ މުވައްސަސާގެ ވެރިންނާ ބައްދަލުކޮށްފި

kihaadhoocouncilmetmahloof.jpg

ކިހާދޫ ކައުންސިލުން ޔޫތު މިނިސްޓަރު މަހުލޫފާ ބައްދަލު ކުރެއްވުން.--ފޮޓޯ :ކިހާދޫ ކައުންސިލް

ބ.ކިހާދޫ ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫތު މިނިސްޓަރާއި ފެނަކަ ކޯޕަރޭޝަންގެ ވެރިންނާ ބައްދަލު ކޮށްފިއެވެ.

މިދިޔަ ބުރާފަތި ދުވަހު ބޭއްވި ބައްދަލުވުމާ ބެހޭ މައުލޫމާތު ދެއްވަމުން ކިހާދޫ ކައުންސިލުގެ ރައީސް ފަޒީލު ވިދާޅުވީ ޔޫތު މިނިސް ޓަރާއި ފެނަކައިގެ ވެރިންނާ އެކު ވަކިވަކިން ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދެކެވުނީ ކިހާދޫގެ ތަރައްގީ އާއި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާބެހޭ ގޮތުން ކަމުގައެވެ.

އެގޮތުން ޔޫތު މިނިސްޓަރާއެކު ބޭއްވުނު ބައްދަލު ވުމުގައި މަޝްވަރާ ކުރެވުނީ ކިހާދޫ ކުޑަކުދިންގެ ޕާކު ޕްރޮޖެެކްޓާއި ކައުންސިލުގެ ފުޓުބޯޅަ މުބާރާތާއި ފުޓްސެލް ދަނޑު މަރާމާތު ކުރުމާ ބެހޭ ގޮތުންނެވެ.

މި ކަންކަމަށް އެހީތެރިވެ ދެއްވާނެ ކަަމަށް ޔޫތު މިނިސްޓަރ ވިދާޅުވިކަމަށް ފަޒީލް މައުލޫމާތު ދެއްވިއެވެ.

ފެނަކައިގެ ވެރިންނާ މަޝްވަރާ ކުރެވުނީ ކިހާދޫގައި މިވަގުތު ބޭނުންކުރާ އިންޖީނުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުލިބޭތީވެ ކަރަންޓުގެ ކެޕޭސިޓީ ބޮޑުކުރުމާއި އަލަށް އާބާދުވާ ސަރަހައްދުތަކަށް ނެޓުވޯކު ފުޅާކޮށްދިނުމާއި އިންޖީނުގޭގެ ވަށާ ފާރުރޭނުމާ ބެހޭ ގޮތުންނެވެ. މިކަމަށްވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުންގެ ބޭފުޅުން ވިދާޅުވިކަމަށް ރައީސް ފަޒީލު ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ ދެ މުވައްސަސާއާއެކު ބޭއްވުނު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާ މިބައްދަލުވުންތަކުގެ ނަތީޖާ ކިހާދޫގެ ރައްޔިތުންނަށް ލަސްނޫން މުސްތަގުބަލެއްގައި ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top