އޭދަފުށީ މަސްވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހިގެން ފަރުވާދެނީ

3383.jpg

ރޯދި ދޯނި

އޭދަފުށީ ”ރޯދި3” ދޯނީގަައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އެދޯނިން މަހަށް ދިޔަ އެދަފުށީ ފޮނިމާގޭ މުހައްމަދު ޖަމީލު.58އ. އަށް ފަރުވާ ދެމުން އެބަގެންދާ އީވީއަށް އެނގިއްޖެ އެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ލޮލުގައި ބުޅިއަކުން ޖެހިފައިވަނީ ހދ. ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި “ރޯދި 3” މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގަ އެވެ.

މުހައްމަދުގެ ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން މިހާރު އޭނާ ވަނީ ހދ. ކުޅުދުއްފުއްޓަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ އުމުރުން 58 އަހަރުގެ ދިވެހި ފަޅުވެރިޔާގެ ލޮލުގައި ބުޅިއަކުން ޖެހިގެން މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ.

މި މީހާއަށް ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއި އެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސް ގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ސީ އެމްބިއުލާންސްގައި ހދ. ކުޅުދުއްފުއްޓަށް ގެން ގޮސް މިއަދު މެންދުރު 12:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަސްވެރިޔާގެ ހާލަތާއި ބެހޭ އިތުރު ތަފްސީލު ދެމުން ބަލިމީހާގެ ގާތުގައި މި ވަގުތު ހުރި އެދޯނީގެ ކައްޕި މުހައްމަދު ލަތީފު ބުނީ އޭނާގެ ހާލު އިތުރަށް ގޯސްނުވާ ކަމަށެވެ. ނަމަވެސް ލޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދީފައިވާތީ މިހާރު މިއުޅެނީ ހަނމާދޫ މަގުން މާލެއައުަމަށް ފުރަން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top